ހޮލީވުޑް

"ފިފްޓީ ޝޭޑްސް" ބޮކްސް އޮފީހުގައި ރިކޯޑް މުގުރާލައިފި

"ފިފްޓީ ޝޭޑްސް އޮފް ގްރޭއި" އަށް ފާޑުކިޔުންތެރިންގެ ހަމަލާތައް އަމާޒުކޮށްފައިވިޔަސް ފިލްމުގެ ވިޔަފާރިއަށް އޭގެ އެއްވެސް އަސަރެއް ނުކުރާ ކަހަލަ އެވެ. ފާއިތުވި ހައެއްކަ ދުވަހުގެ ބޮކްސް އޮފީސް ޖުމްލައާ އެކު ފިލްމަށް ލިބުނު ޖުމްލަ ފައިސާގެ އަދަދު މިހާރު ވަނީ 270.5 މިލިއަން ޑޮލަރަށް އަރައިފަ އެވެ.

މިއީ ހޮލީވުޑަށް ބަލާއިރު އާދައިގެ ބަޖެޓަކުން އުފައްދާފައިވާ ފިލްމެކެވެ. ފިލްމުގެ ބަޖެޓަކީ 40 މިލިއަން ޑޮލަރެވެ.

ބޮކްސް އޮފީހުގައި ފިލްމު ކާމިޔާބުވެފައިވާއިރު މި ފިލްމު ދަނީ ރިކޯޑްތަކެއް ވެސް މުގުރަމުންނެވެ.

އެގޮތުން ފިލްމުގެ ފުރަތަމަ ހަފުތާ ބަންދުގައި 94.3 މިލިއަން ޑޮލަރު ނަގާފައިވާއިރު މިއީ ފެބްރުއަރީ މަހެއްގެ ބޮކްސް އޮފީސް ރިކޯޑެކެވެ.

މި ފިލްމަކީ އިނގިރޭސި ވިލާތުގެ ލިޔުންތެރިޔާ އީ އެލް ޖޭމްސްގެ މަޝްހޫރު އިރޯޓިކް ޓްރިލޮޖީ، "ފިފްޓީ ޝޭޑްސް" ގެ އަސްލަށް އުފެއްދުމަށް ހަމަޖެހިފައިވާ ތިން ފިލްމުގެ ތެރެއިން ފުރަތަމަ ފިލްމެވެ.

މި ސިލްސިލާގެ ދެ ވަނަ ފިލްމު އަންނަ އަހަރު ނެރޭނެ އެވެ.

ފިލްމުގައި ކްރިސްޓިއަން ގްރޭއިގެ ރޯލު ކުޅެފައި ވަނީ އެކްޓަރު ޖޭމްސް ޑޯނަން އެވެ. އެނަސްތޭޝިއާ ސްޓީލީގެ ރޯލު ކުޅެފައި ވަނީ ޑަކޯޓާ ޖޯންސަން އެވެ.

"ފިފްޓީ ޝޭޑްސް" އޮފް ގްރޭ ބޮކްސް އޮފީހުގައި ކާމިޔާބު ހޯދަމުން އަންނައިރު މީގެ ފޮތަކީ ވެސް ނިކަން ބޮޑު ވިޔަފާރިއެއް ކުރި ފިލްމެކެވެ.