ޕާކިސްތާން

ސްރީލަންކަން އެއާލައިންގެ ބޯޓުތަކެއް ޕާކިސްތާނުން ގަނެފި

Aug 11, 2016

ޝްރީލަންކާގެ ގައުމީ އެއާ ލައިންގެ ތިން މަތިންދާ ބޯޓެއް ޕާކިސްތާނުގެ ގައުމީ އެއާ ލައިނުން އިންސްޓޯލްމެންޓަށް ނަގައިފި އެވެ.

ޕާކިސްތާން އެެއާލައިނުން ވަނީ ޝްރީލަންކަން އެއާލައިންގެ އެއާބަސް އޭ 330 ގެ ތިން މަތިންދާ ބޯޓު އިންސްޓޯލްމެންޓަށް ބަހައިލައިގެން ފައިސާ ދައްކާގޮތަށް ގަނެފަ އެވެ.

ޕާކިސްތާންގެ ގައުމީ އެއާލައިންގެ ލޯގޯ އާއި ކުލަތައް ހިމަނައިގެން ބޯޓުތަކުގެ ޑިޒައިން ބަދަލު ކުރި ނަމަވެސް ބޯޓުތަކުގެ ކުރޫންގެ ގޮތުގައި މަސައްކަތް ކުރާނީ ލަންކާގެ އެއާލައިންގެ މުވައްޒަފުންނެވެ.

ޕާކިސްތާނުގެ ގައުމީ އެއަލައިނުން ވަނީ އަންނަ އާދިއްތަ ދުވަހު އެބޯއްޓް ތަކުގައި ދަތުރުކުރަން ނިންމާފައެވެ.