ބޭރު ކުޅިވަރު

ޔުނައިޓެޑްގެ ފުރަތަމަ މެޗަށް ޕޮގްބާ ސަސްޕެންޑްކޮށްފި

އިނގިރޭސި ޕްރެމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑް ކުޅެން ޖެހޭ ފުރަތަމަ މެޗަށް ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާ ޕައުލް ޕޮގްބާ ސަސްޕެންޑްކޮށްފި އެވެ.

ދުނިޔޭގެ ރެކޯޑް ފީއަކަށް މި ހަފުތާގައި އޭނާގެ ކުރީގެ ޓީމު ކަމަށްވާ ޔުނައިޓެޑާ ގުޅުނު ޕޮގްބާ ސަސްޕެންޑްކުރީ ނިމިދިޔަ އިޓާލިއަން ކަޕުގެ ފަހު މެޗުގައި އޭނާ އަށް ދެކާޑު ހަމަވެފައިވާތީ އޭގެ އަދަބެއްގެ ގޮތުންނެވެ.

ޕޮގްބާ އަކީ ކުރިން ވެސް މެންޗެސްޓާ ޔުނައިޓެޑަށް ކުޅުނު ކުޅުންތެރިއެކެވެ. ނަމަވެސް ފްރާންސްގެ މިޑްފީލްޑަރު ވިދާލީ ޔުވެންޓަސްގަ އެވެ.

ޔުނައިޓެޑް ޕްރެމިއާ ލީގުގެ އާ ސީޒަން ފަށާނީ މާދަމާ ރޭ ބޯނެމައުތާ ދެކޮޅަށް ކުޅޭ މެޗުންނެވެ. މި މެޗަށް ކްރިސް ސްމޯލިން ވެސް ވަނީ ސަސްޕެންޑްކޮށްފަ އެވެ. ނަމަވެސް ޗެލްސީ އާއި ރެއާލް މެޑްރިޑް އަދި އިންޓަމިލާނުގެ ކުރީގެ ކޯޗު ހޯސޭ މޮރީނިއޯ މެންޗެސްޓާ އަށް ކޯޗުކޮށްދޭ ފުރަތަމަ މެޗުގައި ޒްލަޓާން އިބްރަހިމޮވިޗާއި ހެންރިކް މކިތަރްޔާން އަދި އެރިކް ބައިލީ އަށް ކުޅެވޭނެ އެވެ.