ލައިފްސްޓައިލް

ކަސްރަތުކުރާނެ ހިތްވަރެއް ނެތް ނަމަ މި ލިޔުން ކިޔާލާ!

Aug 15, 2016
2

ކަސްރަތަކީ ކިހާ މުހިންމު އެއްޗެއްކަން އަހަރެމެން އެންމެނަށް ވެސް އެނގެ އެވެ. ކަސްރަތު ކުރަން ވެސް ބޭނުންވެ އެވެ. ކަސްރަތުކުރާ ހިތްވެސްވެ އެވެ. ބޫޓާއި އެހެނިހެން އަންނައުނު ގަނެ ޖިމަށް ދާން ބައެއް މީހުން ތައްޔާރުވެސްވެ އެވެ.

އެކަމަކު އޮތް ތަނުން ތެދުވިގެން ގޮސް ނުވަތަ އިންތަނަކުން ތެދުވިގެން ގޮސް ގަވާއިދުން ކަސްރަތު ކުރުމުގެ ހިތްވަރެއް އެއްވެސް މީހެއްގެ ކިބައިގައި ނެތެވެ. ކަސްރަތުކުރަން ކިތަންމެ ބޭނުންވިޔަސް، އެ ހިތްވަރެއް ނުހުރެ އެވެ.

އެހެން ނަމަވެސް އެންމެން ވެސް ބޭނުންވަނީ އެއްކަލަ "ޖާދުވީ ބޭސްގުޅަ" އެވެ. ތިމަންމީހާ ވިސްނުންތޫނުކޮށް އުފާވެރި މީހަކަށް އަދި ސިފައިން ރީތި މީހަކަށް ހަދައިދޭނެ މެޖިކް ޕިލް އެވެ. އުފާވެރި ޚަބަރަކީ، އެ ޖާދުވީ ބޭސްގުޅަ އަތްމަތީގައި މި އޮތީ އެވެ. ހިތާމަވެރި ޚަބަރަކީ އެ ބޭސްގުޅަ އަކީ ކަސްރަތުކަމެވެ.

އެހެންވީމަ ކަސްރަތާ ހިސާބުން، އެންމެ ކަމުދާ ލަވަތަކުގެ ޕްލޭލިސްޓް އޮންކޮށްލައިގެން ރައްޓެހިންނާ އެކު ބޭރަށް ގޮސް މަޖާކޮށްލައިގެން ފްރެންޑްސް ބަލައިގެން ހޭން އޮތަކަސް އަދި ނުއެއް ހިކޭނެ އެވެ. ސްމާޓެއް ވެސް ވަކި ނުވާނެ އެވެ. އެކަމަކު ވެސް ދެން އަހަރެމެން ކުރިއަށް ދާނީ އެންމެ ހިތްގައިމު ލަވަ ޖަހާލައިގެންނެވެ.

ޓްރެޑްމިލް އަކީ ވެސް ޖާދުވީ ބޭސްގުޅައެއް!

އެކަމަކު އޭގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފަން އެނގިއްޖެ ނަމަ އެވެ.

މީހުން ބުނެ އުޅެ އެވެ. ތިމަންނާމެން އެހެރަ މިހިރަ ގޭމުތަކާ އެއްޗެހި ތިމަންނަމެންގެ ސްމާޓް ފޯނުތަކުން ކުޅެމެވެ. ސްމާޓްވުމަށެވެ. ޖަންގަލީގައި ޝިކާރަކުރާ ސިންގާއެއް ނުވަތަ ސިންގާ ކަޅު ބުޅަލެއްގެ އަވަސް މިނާއި ސިކުނޑީގެ ފިސާރިކަން ލިބިގަތުމަށެވެ.

އެކަމަކު ސައިންސްގެ ހޯދުންތަކުން އެނގެން އޮތް ގޮތުން ސިކުނޑި ތާޒާވެ ވިސްނުމުގެ އިލްމު މުއްސަނދިކޮށްދެނީ ސްމާޓް ފޯނަކުން ކުޅެލާ ގޭމެއް ނޫނެވެ. -- ކަސްރަތެވެ.

ހަމަ އަށް އަދި އެންމެ ފުރިހަމަ އަށް މަސައްކަތްކުރާ ސިކުނޑިއެއްގެ ވެރިއަކަށްވުމަށް ދަހިވެތިވަނީ ކަމުގައިވާ ނަމަ ގަވާއިދުން ކަސްރަތުކުރާ މީހަކަށްވާން އެބަޖެހެ އެވެ. ގަވާއިދުން ކަސްރަތުކުރާ ނަމަ ބީޑީއެންއެފް ނުވަތަ ބްރެއިން-ޑެރިވްޑް ނިއުރޯޓްރޮފިކް ފެކްޓާއޭ ކިޔުނު ޖީނަކުން އުފައްދާ ޕްރޮޓީންގެ މިންވަރު އިތުރުކޮށްދެ އެވެ. ފައިދާ އަކީ އޭގެ ސަބަބުން އުނގެނުމުގެ ހުނަރު އިތުރުކޮށްދިނުމެވެ.

ކިތައް ޕަސެންޓަށްކަން އެނގޭ ހެއްޔެވެ؟ --20 ޕަސެންޓް މައްޗަށް ޖައްސާލަދެ އެވެ.

އުފާވެރިކަމަށް ހިތް އެދި ގޮވަނީ ނަމަ އެއަށް ވެސް އޮތް "ހެޕީ ޕިލް" އަކީ މިއީ އެވެ. ކަސްރަތުކުރަންވީ އެވެ. އޭގެ ސަބަބުން ޑިޕްރެޝަން އިން މީހާ ސަލާމަތްކޮށްދެ އެވެ. އަދި ބައްޔަކުން ސަލާމަތްވުމަށް ބޭސްނަގާ މީހާ އަށް ވުރެ ފަސޭހައިން ބަލިތަކުން ސަލާމަތްވުމުގެ ފުރުސަތު ވެސް ބޮޑުވެ އެވެ.

ބަލިވުމުގެ ފުރުސަތު ވެސް ކުޑަކޮށްދެ އެވެ. ތިމާ މީހާގެ ސިކުނޑީގެ ތަނަވަސްކަން ނުވަތަ ކްރިއޭޓިވިޓީ ވެސް އިތުރުކޮށްދެ އެވެ. ޖިމަށް ދިއުމަކީ އަމިއްލަ ނަފުސަށް އޮންނަ އިތުބާރު ވެސް ބޮޑުކޮށްދޭ ކަމެކެވެ. އެ ހިތްހަމަޖެހުމުގައި ގެއަށް އެނބުރި ދިއުމުން ރޭގަނޑުގެ ނިދީގެ އަރާމު ވެސް އަނެއް ދުވަހުގެ ހެނދުނު އިހްސާސްކުރެވޭނެ އެވެ.

ކަސްރަތުން ދިރިއުޅުން މިހާ ބޮޑަށް ބަދަލުކޮށްލަނީ ކީއްވެގެން ހެއްޔެވެ؟ ސަބަބަކީ ކަސްރަތުކޮށްގެން އަންދަނީ ހަމައެކަނި ކެލޮރީސްތަކެއް ނޫން ކަމަށްވާތީ އެވެ. އަދި މިއީ ހަމައެކަނި ބަޔޮލޮޖީއާ ގުޅިފައިވާ ކަމަކަށް ވެސް ނުވާތީ އެވެ. މިއީ ތިމާގެ އަމިއްލަ ނަފުސާ ގުޅިފައިވާ ކަމެކެވެ.

ވަކި ގަވާއިދަކުން ނުވަތަ ތަރުތީބަކުން ކަސްރަތުކުރަން ފެށީމާ ތިމާ މީހާގެ ދިރިއުޅުމާއި މުޅި އަހުލާގު ވެސް ވަކި ގޮތަކަށް ބަދަލުކޮށްލާނެ އެވެ. އެއަށް ފަހު ރެސްޓޯރެންޓްތަކަށް އަރައި ކޭޝް ކާޑުން ހޭދަކުރާ މިންވަރާއި ހޭދަކުރާ ވެސް ވަރަށް ބޮޑަށް ތަފާތުވެގެންދާނެ އެވެ.