ބޭރު ކުޅިވަރު

ބާންލީ އިން ޗެލްސީ ހިފަހައްޓައިފި

އިނގިރޭސި ލީގުގައި މިރޭ ދިހަ މީހުންނާއެކު ކުޅުނު ޗެލްސީ އާއި 1-1 އިން ރަށުން ބޭރުގައި އެއްވަރުކޮށްފި އެވެ.

ޗެލްސީގެ ދަނޑުގައި ކުޅުނު މެޗުގެ 14 ވަނަ މިނިޓުގައި އެ ޓީމަށް ލީޑު ހޯދައިދިނީ ސާބިއާގެ ޑިފެންޑަރު ބްރަނިސްލާވް އިވަނޮވިޗް އެވެ.

ޗެލްސީ ދިހަ ކުޅުންތެރިންނަށް މަދުވީ މެޗުގެ 70 ވަނަ މިނިޓުގައި ނެމަންޔާ މަޓިޗް އަށް ދެއްކި ރަތްކާޑާއެކު އެވެ.

ބާންލީ އިން މެޗުގެ ނަތީޖާ އެއްވަރުކުރީ 81 ވަނަ މިނިޓުގައި ބެން މީ ޖެހި ލަނޑުންނެވެ.

އިނގިރޭސި ލީގުގައި މިރޭ ނިއުކާސަލް ޔުނައިޓެޑްއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެެގެން ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ އަށް އެއްވަނައިގައި އޮތް ޗެލްސީގެ ލީޑު ކުޑަކުރުމުގެ ފުރުސަތު އެބައޮތެވެ.

އިނގިރޭސި ލީގުގައި މިރޭ ސްވަންސީ ސިޓީ އަތުން ރަށުން ބޭރުގައި 2-1 އިން މެންޗެސްޓާ ޔުނައިޓެޑް ވަނީ ބަލިވެފަ އެވެ. މެޗުގެ 28 ވަނަ މިނިޓުގައި ޔުނައިޓެޑަށް ލީޑު ހޯދައިދިނީ އެންޑަ ހެރޭރާ އެވެ. އެކަމަކު އޭގެ ދެ މިނިޓު ފަހުުން ސްވަންސީ އިން ނަތީޖާ އެއްވަރުކުރީ ސުން ޔޮންގް ކީ ޖެހި ލަނޑުންނެވެ.

ސްވަންސީ މެޗުން މޮޅުވީ 73 ވަނަ މިނިޓުގައި ބަފެޓިމްބީ ގޮމިސް ޖެހި ލަނޑުންނެވެ. ޖޮންޖޯ ޝެލްވީ ޕެނަލްޓީ އޭރިޔާ ބޭރުން ފޮނުވާލި ބާޜު ޝޮޓް ޔުނައިޓެޑްގެ ގޯލަށް ވަނީ ގޮމިސްގެ ގައިގައި ޖެހިފަ އެވެ.

ޔުނައިޓެޑް ބަލިވިއިރު، އާސެނަލް ވަނީ މިރޭ ކްރިސްޓަލް ޕެލެސް އަތުން 2-1 އިން މޮޅުވެ ތާވަލްގެ ތިން ވަނަ އަށް ޖެހިލައިފަ އެވެ. ރަށުން ބޭރުގައި އާސެނަލް މޮޅުވީ ސަންޓި ކަޒޯލާ އާއި އޮލިވިއޭ ޖިރޫ ޖެހި ލަނޑުތަކުންނެވެ.