އަންހެނުންގެ ދުވަސް

ބީރައްޓެހި މޫނަކާއި މޫވްސްތަކެއް، ދިވެހިން ހައިރާންކޮށްލައިފި

ޑާންސްކުރުން ފަހަރެއްގައި އެންމެނަށް ކަމުނުގޮސްފާނެ އެވެ. އަދި ޑާންސްކުރަން އެންމެނަށް ނުވެސް އެނގިދާނެ އެވެ. ނުހާ ނަސީރަކީ ކާކުކަން ވެސް ނޭނގިދާނެ އެވެ. އެކަމަކު މަޝްހޫރު ނެށުންތެރިޔާ އަދި ފިލްމީ ފަންނާނު، ރަވީ ފާރޫގާ އެކު އޭނާ ޕާފޯމްކޮށްފައިވާ ވީޑިއޯ ލަވަ އާއި އޭގެ ސްޓީމީ ޑާންސް މޫވްތައް މަތިން އެކަކު ވެސް ހަނދާން ނެތޭނެހެނެއް ހީއެއް ނުވެ އެވެ.

ރަސްމީ ތަމްރީނު ހަދައި ކޮރިއޯގްރާފަރެއްގެ ސަނަދު ހާސިލުކޮށްފައިވާ އުމުރުން 34 އަހަރުގެ ނުހާ ފަންނުގެ މި ދާއިރާގައި "ނަށާތާ" މިހާރު ގާތްގަނޑަކަށް 18 އަހަރު ވަނީ އެވެ. ހިތާމަ އަކީ މި ރާއްޖޭގައި މި ފަންނުވެރިކަމެއް އާލާކޮށް ދިރުވާނެ ބަޔަކު ނުވަތަ ފިކުރެއް ވެސް ނެތުމެވެ.

އެހެންކަމުން ނަށަން މި ރާއްޖޭގައި އެންމެ މަޝްހޫރީ ސުނީތާ އަލީ އާއި ރަވީ ފާރޫގޭ ނުބުނެ، ނުހާގެ މި އާދަޔާހިލާފު ވާހަކަ އޮތް ގޮތް ވެސް ބަލައިލަމާ ހިނގާށެވެ. އަލަތު މިއުޒިކް ވީޑިއޯއާ އެކު އޭނާ އެވަނީ ޔަގީނަށް ވެސް ހިތްތަކެއް އަތުލައިގަނެ، ފަތަހަކޮށް، ވެރިކޮށްފަ އެވެ.

ތިރީގައި މި އޮތީ އަވަސް ވީކެންޑްގެ "އަންހެނުން" ސެގްމަންޓަށް ނުހާ ދިން އިންޓަވިއު އެވެ.