ޕްރޮމޯޝަން

އެސްޓީއޯގެ ޓީވީ ގްރޭންޑް ޕްރޮމޯޝަން ފަށައިފި

Aug 21, 2016
1

އެސްޓީއޯ އިން ވިއްކާ ޓީވީ ތަކަށް ހާއްސަ ކޮށްގެން "ޓީވީ ގްރޭންޑް ޕްރޮމޯޝަން" މިއަދު ފަށައިފި އެވެ. އެސްޓީއޯއިން ބުނީ 21 އޯގަސްޓް އިން 30 ނޮވެމްބަރުގެ ނިޔަލަށް އެސްޓީއޯ ހޯމްއިމްޕްރޫވްމަންޓުގައި ކުރިއަށްދާ މި ޕްރޮމޯޝަން އެސްޓީއޯ ރީޖަނަލް ފީހާރަތަކުގަައި ވެސް އޮންނާނެ ކަމަށެވެ.

މި ޕްރޮމޯޝަން ކުރިއަށްދާ އިރު ހިޓާޗީ، ފިލިޕްސް އަދި ސެމްސަންގް ޓީވީތައް ވަރަށް ހާއްސަ އަގެއްގައި ލިބެން ހުންނާނެ އެވެ. ބައެއް ޓީވީތައް ގަތުމުން ހިލޭ ލިބޭ އިނާމްތައް ވެސް ހިމަނާފައި ވެއެވެ. އިނާމުތަކުގެ ތެރޭގައި ތެރޭގައި ވޯލް ބްރެކެޓާއި ޕެން ޑްރައިވް އަދި ބައެއް ޓީވީތަކާއިއެކު ހިލޭ ޓީވީއެއް ވެސް ހިމެނެ އެވެ.

އެސްޓީއޯއަކީ ހިޓާޗީ، ފިލިޕްސް އަދި ސެމްސަންގް ބްރޭންޑްގެ އޮތަރައިޒްޑް ޑިސްޓްރިއުބިއުޓާ އެވެ.