މަސްވެރިން

މަސްވެރިކަމާއި ދަނޑުވެރި ކަމުގެ ލޯނަށް އެދެން ހުޅުވާލައިފި

Aug 21, 2016

މަސްވެރިކަމާއި ދަނޑުވެރިކަމުގެ ވެލިޔު އެޑެޑް ބާވަތްތައް އުފައްދަން ލޯނަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ. މިއީ ފިޝަރީޒް އެންޑް އެގްރިކަލްޗަރަލް ޑައިވަސިފިކޭޝަން ޕްރޮގްރާމުގެ ދަށުން ދޫކުރަން ނިންމާފައިވާ ލޯނެކެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ އިންޓަރނޭޝަނަލް ފަންޑް ފޯ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑު) ގެ އެހީގައި އެ މިނިސްޓްރީން ހިންގާ ފިޝަރީޒް އެންޑް އެގްރިކަލްޗަރަލް ޑައިވާސިފިކޭޝަން ޕްރޮގްރާމުގެ ދަށުން ލޯނަށް އެދުމުގެ މާދަމާއިން ފެށިގެން ހުޅުވިފައިވާ ކަމަށާއި ލޯނަށް އެދުމުގެ އެންމެފަހުގެ ތާރީޚަކީ އަންނަ ސެޕްޓެންބަރު މަހުގެ 22 ވަނަ ދުވަހުގެ ރަސްމީ ގަޑީގެ ކުރިން ކަމަށެވެ.

މި ފުރުސަތު ހުޅުވާލި އިރު މި ފިޔަވަހީގެ ދަށުން ލޯނު ދޫކުރުމުގެ އުސޫލުތައް ބަޔާންކޮށްދޭ ލިޔުމާއި، ލޯނަށް އެދޭ ފޯމު މި މިނިސްޓްރީގެ ވެބްސައިޓްގައި މިހާރު ވަނީ ޝާއިރުކޮށްފަ އެވެ.

ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުގެ ފުރަތަމަ ދެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ހަ ކޯޕަރޭޓިވްއަކަށް 50 މިލިއަން ރުފިޔާ ދޫކޮށް، ވެލިއުއެޑެޑް އުފެއްދުންތަކުގެ ގޮތުގައި 77 ބާވަތެއް ތައްޔާރުކޮށްފައިވެ އެވެ.