ބޭރު ކުޅިވަރު

ރޮނާލްޑޯ ނެތި، ބޭލް ރެއާލް މޮޅުކޮަށްދީފި

ކްރިސްޓިއާނޯ ރޮނާލްޑޯ ނެތި ރެއާލް ސޮސިއެޑާޑާ ދެކޮޅަށް ކުޅުނު މެޗު ގެރެތް ބޭލްގެ ދެ ގޯލާއެކު 3-0އިން ރެއާލް މެޑްރިޑް ކާމިޔާބުކޮށްފި އެވެ.

ސްޕެނިޝް ލީގުގެ ފުރަތަމަ މެޗުގައި ރެއާލްގެ އަނެއް ލަނޑު ޖަހައިދިނީ މާކޯ އަސެންސިއޯ އެވެ. މި މެޗުގައި ރޮނާލްޑޯ ނުކުޅުނީ ޔޫރޯ ފައިނަލް މެޗުގައި އޭނާގެ ކަކުލަށް ލިބިފައިވާ އަނިޔާ މުޅިން ރަނގަޅުނުވާތީ އެވެ.

މި މެޗުގައި ރެއާލް މެޑްރިޑަށް އަލަށް ގެނައި އެ ޓީމުގެ ކުރީގެ ފޯވަޑް އަލްވާރޯ މޮރާޓާ ކުޅެނެވެ. އޭނާ އަށް ފުރަތަމަ 11އިން ޖާގަ ލިބުނުއިރު މިދިޔަ ސީޒަނުގައި އެންމެ ކުރިއަށް ކުޅުނު ފްރާންސްގެ ފޯވަޑް ކަރީމް ބެންޒެމާ ވެސް މި މެޗުގައި ނުކުޅެ އެވެ.

މި މެޗުން މޮޅުވުމުން ރެއާލް އޮތީ ތިން ޕޮއިންޓާއެކު ޓޭބަލުގެ ދެ ވަނާގަ އެވެ. އެއްވަނާގައިވަނީ ގޯލުގެ ތަފާތުން ޗެމްޕިއަން ބާސެލޯނާ އެވެ.