ތިމާވެށި

ޝާކް އެންޑް ރޭ ކޮންޒަވޭޝަން ސިމްޕޯސިއަމް ފަށައިފި

Aug 23, 2016

އިންޓަނޭޝަނަލް ޝާކް އެންޑް ރޭ ކޮންޒަވޭޝަން ސިމްޕޯސިއަމް ފަށައިފި އެވެ. ފޯ ސީޒަންސް ލަނޑާ ގިރާވަރުގައި މި ސިމްޕޯސިއަމް ފައްޓަވައި ދެއްވީ މިނިސްޓާ އޮފް އެންވަޔަރަންމަންޓް އެންޑް އެނާޖީ، ތޯރިގު އިބްރާހީމެވެ.

ސިމްޕޯސިއަމް ހުޅުއްވައި ދެއްވުމުގެ ގޮތުން މިނިސްޓަރުތޯރިގު ދެއްކެވި ވާހަކަފުޅުގައި ރާއްޖެއަކީ މެރިން ލައިފް ހިމާޔަތް ކުރުމަށް އެންމެ ބޮޑަށް މަސައްކަތް ކުރާ އެއް ގައުމު ކަމަށާއި ސިލްކީ ޝާކް ހިމާޔަތްކުރުމަށް ސައިޓީސްގައި ހިމެނުމަށް ޕްރޮޕޯސަލް ހުށަހެޅިއިރު ދުނިޔޭގެ ޤައުމުތަކުން ދީފައިވާ ކަމަށެވެ.

ދުނިޔޭގެ އެކި ޤައުމުތަކުން މި މަހާސިންތާގައި ބައިވެރިވާއިރު ރާއްޖެއިން ހުށަހެޅި ޕްރޮޕޯސަލްތަކުގައި ހިމެނޭ ސިލްކީ ޝާކާއި ތްރެޝާ ޝާކް އަދި މޮބިއުލާ ރޭސް ހިމާޔަތް ކުރުމަކީ ސައިޓީސް ކޮޕް 17 ގައި ކުރާ އެންމެ މުހިންމު ކަމެއް ކަމުގައި ހަދަން މަސައްކަތްކުރާނެ އެވެ.

ދެ ދުވަހުގެ މި ސިމްޕޯސިއަމްގައި ރާއްޖޭގެ ފަރާތުން ތިންޕްރެޒެންޓޭޝަނެއް ހުށަހަޅާނެ އެވެ. މި މަހާސިންތާ އަކީ ސްރީލަންކާ އާއި ފިޖީ ގުޅިގެން ބާއްވާ މަހާސިންތާއެކެވެ.