ހަބަރު

ނާޒިމާއި އަނބިކަނބަލުންގެ މައްޗަށް ދައުވާ އުފުލައިފި، ބުދަ ދުވަހު ޝަރީއަތް ފަށަނީ

ހަނގުރާމަވެރި ހަތިޔާރު ގެންގުޅުމުގެ ދައުވާ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް އާއި އަނބިކަބަލުން އަފާފް އަބްދުލް މަޖީދުގެ މައްޗަށް ދައުލަތުން އިއްޔެ އުފުލައިފި އެވެ.

އަންނަ ބުދަ ދުވަހު އަފާފް ކްރިމިނަލް ކޯޓަށް ހާޒިރުވުމަށް އަންގާ ފޮނުވާފައިވާ އަމުރު ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ އިރު، އޭނާ ކޯޓަށް ހާޒިރުވުމަށް އެންގީ، ދައުލަތުން ދައުވާ ކުރާ ހަނގުރާމަވެރި ހަތިޔާރު ގެންގުޅުމުގެ ކުށުގެ ދައުވާޔާ ގުޅިގެންނެވެ. އަދި އަންނަ ބުދަ ދުވަހު 4:00 އަށް ކޯޓަށް ހާޒިރުވުމަށް އަންގާ ކަމަށް ވެސް އަމުރުގައިވެ އެވެ. ކަށަވަރުވެފައިވާ ގޮތުގައި ނާޒިމްގެ މައްޗަށް ވެސް ވަނީ އެ ދައުވާ ކޮށްފަ އެވެ.

އެ އަމުރާ ހަވާލުވެފައި ވަނީ އަފާފް ކަން ވެސް ސޯޝަލް މީޑިއާގައި ދައުރުވެފައިވާ ލިޔުމުން އެނގެ އެވެ. އަދި އެ ދައުވާ ޕީޖީން ކޯޓަށް ހުށަހެޅީ އިއްޔެ ކަމަށް ވެސް އެ ލިޔުމުގައިވެ އެވެ.

ނާޒިމް އާއި އަނބިކަބަލުން އަފާފް ދިރިއުޅުއްވައި، ގ. އެނިފްގެ އެޕާޓްމަންޓުން ހަތިޔާރު ފެނުނީ އެޕާޓްމަންޓަށް ފުލުހުން ދަންވަރު ވަދެ، ބަލައި ފާސްކުރުމުގެ ތެރޭގަ އެވެ.