އެމްޓީސީސީ

އެމްޓީސީސީއަށް ލޭބަރުން ގެނެސްދޭން ރަޖިސްޓްރީވާން ހުޅުވާލައިފި

Aug 24, 2016

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އަށް ބިދޭސީ މަސައްކަތު މިހުން ގެނެސްދޭނެ އިތުރު ކުންފުނިތައް ރަޖިސްޓްރީ ކުރަން ހުޅުވާލައިފި އެވެ.

އެމްޓީސީސީން ބުނީ އެ ކުންފުންޏަށް ބިދޭސީ މުވައްޒަފުން ރާއްޖެ ގެނައުމުގެ މަސައްކަތްކުރާ އެޖެންސީތަކުގެ ރެޖިސްޓްރީ އަށް އާ އެޖެންސީތައް އިތުރު ކުރުމަށް ބޭނުންވާ ކަމަށާއި އެކަމަށް ޝައުގުވެރިވާ ފަރާތްތައް މާދަމާއިން ފެށިގެން މި މަހުގެ 31 ގެ ނިޔަކަށް ނަން ނޯޓް ކުރަންޖެހޭނެ ކަމަށެވެ.

ރަޖިސްޓްރީވެވެނީ ބިދޭސީން ގެނައުމުގެ ހުއްދަ އޮތް ފަރާތްތަކާއި މޯލްޑިވްސް އިމިގްރޭޝަންގެ ރަޖިސްޓަރީގައި ބްލެކް ލިސްޓުވެފައި ނުވާ ފަރާތްތަކަށާއި އެމްޓީސީސީއަށް ބިދޭސީން ގެނެސް ދިނުމުގައި އެގްރީމެންޓާ ޚިލާފުވެގެން ކުންފުނިން ބްލެކް ލިސްޓުކޮށްފައި ނުވާ ފަރާތްތަކަށެވެ.