ބޭރު ކުޅިވަރު

ބާސާ ދެކެ ޖެހިލުމެއް ނުވޭ: ކޮމްޕެނީ

ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި މާދަމާ ރޭ ބާސެލޯނާއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ނުކުންނައިރު، ބާސާ ދެކެ ސިޓީން ޖެހިލުންނުވާ ކަމަށް ސިޓީގެ ކެޕްޓަން ވިންސެންޓް ކޮމްޕެނީ ބުނެފި އެވެ.

"އަހަރެން ބޭނުން ބާސާއާ ކުރިމަތިލާން. މި ފެންވަރުގައި ކުޅޭއިރު އިދިކޮޅު ޓީމުގެ ފޯވަޑްލައިން ދެކެ ބިރުގަނެގެން ނުވާނެ،" ކޮމްޕެނީ ބުންޏެވެ. "ބާސާ އަކީ ވަރަށް މޮޅެތި ކުޅުންތެރިން ތިބި، ތަފާތު ޓީމެއް. އެކަމަކު އަހަރެެމެން ޖެހިލުންވާންޖެހޭ ސަބަބެއް ނެތް. މީގައި މުހިންމީ މުޅި ޓީމު އެންމެ މަތީ ފެންވަރުގައި ކުޅުން."

މިދިޔަ ސީޒަންގެ ޗެމްޕިއަންސް ލީގުން ސިޓީ ކެޓީ ދެވަނަ ބުރުގައި ބާސާ އަތުން 4-1ގެ އެގްރިގޭޓް ނަތީޖާއަކުން ބަލިވެގެންނެވެ.

ދެވަނަ ބުރުގެ ފުރަތަމަ ލެގު މާދަމާ ރޭ ސިޓީގެ ދަނޑުގައި ކުޅޭއިރު، ބާސާގެ ދަނޑުގައި ދެވަނަ ލެގު ކުޅޭނީ އަންނަ މަހުގެ 18 ވަނަ ދުވަހު އެވެ.

މިދިޔަ ސީޒަންގެ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި ސިޓީ ވަނީ ބާސާ އަތުން 2-0 އިން އަމިއްލަ ދަނޑުގައި ބަލިވެފަ އެވެ. -- ބީބީސީ