ރާއްޖެ ކުޅިވަރު

Umeyru alun gaumee squad ah

ކުރިއަށް ތިން މެޗަށް އެކުލަވާލި ގައުމީ ސްކޮޑުން މާޒިޔާގެ މުހައްމަދު އުމޭރާއި ހުސައިން ނިޔާޒް މުހައްމަދު (ބޮކުރީ) ޖާގަ ހޯދައިފި އެވެ.

މިއީ އަނިޔާގެ ސަބަބުން ފާއިތުވެދިޔަ އަހަރެއްހާ ދުވަހު ގައުމީ ސްކޮޑުގައި ހިމެނިފައިނުވާ ދެ މިޑްފީލްޑަރުން އަލުން ޓީމުން ޖާގަ ހޯދި ފުރަތަމަ ފަހަރެވެ.

މި ދެ ކުޅުންތެރިންނާއެކު މާޒިޔާގެ 11 ކުޅުންތެރިއަކު ލާއޯސް އާއި ބަނގްލަދޭޝް އަދި ސާފް ޗެމްޕިއަންޝިޕް ހޯދި ގޯލްޑް ޓީމާ ދެކޮޅަށް ކުޅޭ ގައުމީ ސްކޮޑުގައި ހިމަނާފައިވެ އެވެ.

ގައުމީ ޓީމާ އަލަށް ހަވާލުވި އޮސްޓްރޭލިޔާގެ ކޯޗު ޑަރެން ސްޓެވާޓްގެ އިރުޝާދުގެ ދަށުން ނެގި ސްކޮޑުގައި ދެން ހިމެނެނީ އީގަލްސްގެ ފަސް ކުޅުންތެރިންނައި ޓީސީގެ ހަތަރު ކުޅުންތެރިންނާއ ވެލެންސިއާގެ ތިން ކުޅުންތެރިއަކާއި ނިއުރޭޑިއަންޓްގެ ދެ ކުޅުންތެރިންނެވެ. ސްކޮޑުން އަލަށް ފުރުސަތު ލިބުނު ކުޅުންތެރިންގެ ތެރޭގައި އީގަލްސްގެ ކެޕްޓަން އިމްރާން ނަޝީދާއި، އަހުމަދު ރިޒްވާން އަދި ވެލެންސިއއާގެ ހިސާމް ސަލީމް ހިމެނެ އެވެ.

ކުރިއަށް އޮތް ތިން މެޗަށް ގައުމީ ޓީމު ފަރިތަކުރަން ފަށާނީ މިއަދު ހަވީރު އެވެ.

ގައުމީ ސްކޮޑް:
މާޒިޔާ:
1- އިމްރާން މުހައްމަދު (ގޯލްކީޕަރު)
2- އަމްދާން އަލީ
3- އަހުމަދު އިމާޒް (އާއްކޮ)
4- އަސަދުﷲ އަބުދުﷲ
5- އަލީ އަޝްފާގް (ދަގަނޑޭ)
6- އަސްއަދު އަލީ (އަޑުބަރޭ)
7- މުހައްމަދު އުމޭރު
8- ޔަސްފާދު ހަބީބް
9- ގާސިމް ސައްމާމް
10- އިސްމާއީލް އީސާ (މެސީ)
11- ހުސައިން ނިޔާޒް މުހައްމަދު (ބޮކުރީ)

އީގަލްސް:
12- ހުސައިން ޝާފިއު ޔޫސުފް
13- އިމްރާން ނަޝީދު
14- އަހުމަދު ރިޒްވާން
15- ހަމްދާން އިބްރާހީމް
16- އަހުމަދު ޒާދު

ޓީސީ:
17- އަލީ ފާސިރު (ސެންޓޭ)
18- އަހުމަދު އަބުދުﷲ (ލިލީ)
19- ނާއިޒް ހަސަން (ދާދު)
20- މުހައްމަދު އިމްރާން (ގޯލްކީޕަރު)

ވެލެންސިއާ:
21- ޝާފިއު އަހުމަދު
22- މުހައްމަދު ފައިސަލް (ގޯލްކީޕަރު)
23- ހިސާމް ސަލީމް

ނިއުރޭޑިއަންޓް
24- ހަމްޒާ މުހައްމަދު (ހަމްޕު)
25- މުހައްމަދު ރަޝީދު (ހޮކޭ)