މޯލްޑިވިއަން އައިޑޮލްގެ ދެވަނަ ސީޒަންގެ ޓްރެވެލް ޕާޓްނަރަކަށް ގައުމީ އެއާލައިން މޯލްޑިވިއަން ހަމަޖައްސާ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
މޯލްޑިވިއަން އައިޑޮލްގެ ފުރަތަމަ އަހަރުގެ ޓްރެވެލް ޕާޓްނަރަކީ ވެސް މޯލްޑިވިއަން އެވެ.
މޯލްޑިވިއަން އައިޑޮލް ސީޒަން ދެ އެއްގެ ޓްރެވެލް ޕާޓްނަރަކަށް މޯލްޑިވިއަން ހަމަޖައްސާ އެ އެއްބަސްވުމުގައި ޕީއެސްއެމްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓާ އައިމިނަތު ޝާޔަން ޝާހިދވެ. އަދި މޯލްޑިވިއަންގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ހެޑް އޮފް ކޮމާޝަލް އައިމިނަތު ސަމީހާ އެވެ.
ޝާޔަން މިއަދު ވިދާޅުވީ މޯލްޑިވިއަން އައިޑޮލްގެ ސީޒަން ދޭއްގެ ސްޕޮންސާއަށް ހުޅުވާލުމުން އެންމެ ފުރަތަމަ އިޖާބަދިން ކުންފުނިތަކުގެ ތެރޭގައި މޯލްޑިވިއަން ހިމެނޭ ކަމަށެވެ.
އަދި ވިދާޅުވީ އައިޑޮލްގެ ދެވަނަ ސީޒަނަށް ކުދިން ހޮވާނީ ރާއްޖެ ފަސް ޒޯނަކަށް ބަހާލައިގެން ކަމަށެވެ. ނަމަވެސް އެއީ ކޮށް ރަށްތަކެއް ކަމަށް އަދި ކަނޑައެއް ނާޅާ ކަމަށާއި އެރަށްތައް ވަރަށް އަވަހަށް އިއުލާނުކުރާނެ ކަމަށެވެ.
އަންނަ ޖެނުއަރީ މަހު މޯލްޑިވިއަން އައިޑޮލް ގެ ދެވަނަ ސީޒަން ފަށާއިރު މި ސީޒަންގެ ޓައިޓަލް ސްޕޮންސާއަކީ ދިރާގެވެ. މެއިން ސްޕޮންސާއަކީ އެސްޓީއޯއެވެ.