ލައިފްސްޓައިލް

ކުޑަކުދިން އަވަހަށް ނިންދަވަން ޖެހެނީ މިހެންވެ!

Aug 30, 2016
1

ކުޑަދަރިފުޅު ނިންދެވުމަކީ ގިނަ މައިންބަފައިންނަށް ކުރަން ވަރަށް އުނދަގޫ ކަމެކެވެ. އެކިއެކި ވާހަކަ ދައްކާނެ އެވެ. ނޫނީ ކޮންމެސް ކުޅިވަރެއްގައި ތެރެއަށް ގެނބިގެންދާނެ އެވެ. ނޫނީ ކުލަޖެއްސުން ފަދަ ކޮންމެވެސް ކަމެއް ކުރަން ފަށާނެ އެވެ. އެންމެ ފަހުން ގިނަ މައިންބަފައިން ދަރިފުޅު ދޫކޮށްލަނީ އެވެ. ކުރާނެ ކަމެއް ކޮށްފަ ފޫހިވެގެން އަމިއްލައަށް ނިދަން އަންނަން ދެނެވެ.

ގަޑިން ކިތަންމެ ލަހެއް ވިޔަސް އަޅާނުލެވެނީ އެވެ. ގަދަކަމުން ނިންދަވަން ބޭނުން ނުވަނީ އެވެ. ނަމަވެސް ކުޑަކުދިން ލަހުން ނިންދެވުމަކީ އެތައް ގެއްލުންތަކެއްގެ ތެރެއަށް ކުއްޖާ ގަންބާލާ ކަމެކެވެ. ޖިސްމާނީ އަދި ނަފްސާނީ ގޮތުން ވެސް އެތައް ގެއްލުންތަކެއް ލިބިގެންގޮސް ކުއްޖާގެ ހެދިބޮޑުވުމަށް ވެސް ހުރަސް އެޅޭ ކަމެކެވެ.

ނެޝަނަލް ސްލީޕް ފައުންޑޭޝަން އިން ދާދި ފަހުން ކުރިއަށް ގެންދިޔަ ދިރާސާ އެކެވެ. އެމެރިކާގައި ކުރިއަށް ގެންދިޔަ މި ދިރާސާގައިވާ ގޮތުން ޕްރީސްކޫލަށްދާ އުމުރުގެ ކުދިންގެ ތެރެއިން 50 ޕަސަންޓު ކުދިން އާންމުކޮށް ނިދަނީ ރޭގަނޑު ނުވައެއްގެ ފަހުންނެވެ. އަދި ފަސްވަނަ ގްރޭޑްއަށްވުރެ ދަށުގައި ކިޔަވާ ކުދިންގެ ތެރެއިން އުމުުރުން 64 ޕަސަންޓު ކުދިން ނިދަނީ ރޭގަނޑުގެ ވަރަށް ދަންވާ ފަހުންނެވެ. އަދި އެކުދިންގެ ސިއްހީ ހާލަތު އެހެން ކުދިންނާ ބަލާފަ އެތައް ގުނައެއް ދަށްކަމަށްވެ އެވެ.

ހަމަ ނިދި ނުލިބުމަކީ ގިނަ ބަލިތަކެއްގެ ޝިކާރައަކަށް ކުޑަކުދިން އަދި ބޮޑެތި މީހުންވެސް ދަމައިގަންނަ ކަމެކެވެ.

އަވަހަށް ނިންދަވަންވީ ކީއްވެ؟

މު ސުވާލަށް އެކި ދިރާސާތަކުގައި ލިބިފައި ހުރީ ތަފާތު ޖަވާބުތަކެވެ. ނަމަވެސް ބައެއް ދިރާސާތަކުން ނުކުން ނަތީޖާ އިއްތިފާގުވެފައިވެސް އެބަހުއްޓެވެ. ކުރިންވެސް ބުނި ނެޝަނަލް ސްލީޕް ސްލީޕް ފައުންޑޭޝަނުން ކުރިއަށް ގެންދިޔަ ދިރާސާއިން ދައްކާގޮތުގައި ކުއްޖާ އަމިއްލައަށް ބޭނުންވެގެން ނިދާނަމަ ގަދަ ނިންޖަކުން ކުއްޖާ ނިދަ އެވެ. ނަމަވެސް ކުއްޖާ ނިންޖާ ދުރުވާ ކަހަލަ ކަންތައްތަކުން ދުރުކުރަން ޖެހެ އެވެ.

ކެފެއިން ގިނައިން ހުންނަ އެއްޗެހި ރޭގަނޑު ބޭނުންކުރުން މަދުކުރުވަން ވާނެ އެވެ. އަދި މީގެއިތުރުން ރޭގަނޑު ގަޑީގައި ކުއްޖާ ޓީވީ ބަލާ މިންވަރުވެސް މަދުކުރަންވާނެ އެވެ. ކުއްޖާގެ ކޮޓަރީގައި ޓީވީ ހުންނަނަމަ ހާއްސަ ސަމާލުކަމެއް ދޭންވާނެ އެވެ. މިފަދަ ކަންތައްތަކަކީ ކުއްޖާ ނިންޖާ ދުރުކޮށް ނިދި މަޑުވާ ކަމެއް ކަމަށްވެ އެވެ.

ލަހުން ނިދާ ކުދިން ގިނަ ފަހަރަށް ނިދި ހަމަނުވެ ހުރެ އެވެ. އެހެންކަމުން އެފަދަ ކުދިން އަވަހަށް ސްޓްރެސްވެ ޑިޕްރެޝަން އަށްދެ އެވެ. އަދި އޯވާވެއިޓް ވާންވެސް މަގުފަހިވެ އެވެ.

ކޮންމެ ރެއަކުވެސް އެއްގަޑިއެއްގައި ދަރިފުޅު ނިންދަވަން އާދަ ކުރުވާށެވެ. އަދި އެއް ގަޑިއެއްގައި ހޭލަންވެސް އާދަކުރުވާށެވެ. ޓީވީ، ލެޕްޓޮޕް ނުވަތަ އައިޕެޑް ކަހަލަ އެއްޗެހި ބޭނުންކުރަންވެސް ވަކި ވަގުތެއް ކަނޑައަޅާށެވެ. އެތަކެއްޗަކީވެސް ކުއްޖާ ނިންޖާ ދުރުކޮށްދޭ އެއްޗެއްސެވެ.