ހަބަރު

ކާޑުގެ ބާވަތްތަކުން ޑިއުޓީ ނުނަގަން ނިންމަވައިފި

މިހާރެކޭ ވެސް އެއްގޮތަށް ކާޑުގެ ބާވަތްތަކުން އެއްވެސް ޑިއުޓީއެއް ނުނެގުމަށް ރައީސް އަބްދުﷲ ޔާމީން ނިންމަވައިފި އެވެ.

އިކޮނޮމިކް ކައުންސިލްގެ ކޯޗެއާ އަހުމަދު އަދީބު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވާ ގޮތުގައި ރައީސް އެގޮތަށް ނިންމެވީ މިހާރު ރައީސް އޮފީހުގައި ކުރިއަށް ދާ އިކޮނޮމިކް ކައުންސިލްގެ ކުއްލި ބައްދަލުވުމެއްގައި ކަމަށެވެ. މިހާޜު ކާޑުގެ ބާވަތްތަކުން ޑިއުޓީއެއް ނުނަގަ އެވެ.

މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަހުމަދު ނިހާން ހުސެން މަނިކު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް އެގޮތަށް ނިންމެވީ މިހާރު މާލެެއަށް ދިމާވެފައިވާ ހާލަތަށް ރިއާޔަތް ކުރެއްވުމަށް ފަހު އާންމުންނަށް އެކަމުގައި ލުއިތަކެއް ހޯއްދަވައި ދެއްވުމުގެ ގޮތުންނެވެ.

އަންނަ އަހަރުގެ ބަޖެޓަށް އިތުރު އާމްދަނީ ހޯދުމުގެ ގޮތުން ސަރުކާރުން ހުށަހަޅާފައި ވަނީ ކާޑާއި ތެލުގެ ބާވަތްތަކުން 10 ޕަސެންޓް ޑިއުޓީއެއް ނެގުމަށެވެ. ޑިއުޓީއަށް ބަދަލު ގެންނަން ހުށަހެޅި އެހެން ބާވަތްތަކުގެ ތެރޭގައި؛

ޑިއުޓީ އަށް ގެންނަ އެހެން ބަދަލުތަކުގެ ތެރޭގައި ހިމެނެނީ:

އިމްޕޯޓް ޑިއުޓީއަށް ބަދަލު ގެންނަން ސަރުކާރުން ނިންމެވި ސަބަބެއް ކަމަށް ބުނެފައި ވަނީ ދުނިޔޭގެ ބާޒާރުގެ އަގުތަކަށް އައިސްފައިވާ ބަދަލުތަކާ ގުޅިގެން އިމްޕޯޓް މުދަލުގެ އަގުތަކަށް ބަދަލު ކުރުން ކަމަށެވެ.