ލައިފްސްޓައިލް

ކިތަންމެ ބޭނުންވިޔަސް، ލޯބިވާން ބިރުގަންނަނީތަ؟

Sep 1, 2016

"އަހަންނަށް އެނގޭ އޭނާ އަކީ ރަނގަޅު މީހެއްކަން. އަހަރެން ދެކެ ލޯބިވާވަރު ވެސް. އެކަމަކު ވެސް...،" ހަދާނެ ގޮތް ހުސްވެފައި ހުރި އަންހެން ކުއްޖާގެ ވާހަކަ އެ ހިސާބުން ހުއްޓުނީ އެވެ.

"އެކަމަކު ކީއްވީ ދެން؟،" އެކުވެރިޔާގެ ވާހަކަ އަށް ދެން ހުރި އަންހެން ކުއްޖާ ކުރީ މި ސުވާލެވެ.

"ހަމަ ބިރުގަންނަނީ. ވެދާނެ އޭނާ އަކީ އަހަރެންގެ މީހާ ކަމަށް ވެސް. އެކަމަކު ވެސް."

އަންހެން ކުއްޖާގެ ވާހަކަ އަނެއްކާވެސް އެކަމަކު އަކުން ހުއްޓުނީ އެވެ.

މިއީ ޒަމާނީ ލޯބީގެެ ވައްތަރެކެވެ. ނުވަތަ އޭގެ ބަލިމަޑުކަމެކެވެ. ލޯބިވާން ބިރުގަތުމަކީ އުފާވެރިކަމުން ދުރަށް ޖައްސައި އެކަނިވެރިކަމެއްގައި ބަންދުކޮށްފާނެ ކަމެކެވެ. ބައެއް ފަހަރަށް، ތިމާ ދެކެ އިންތިހާ އަށް ލޯބިވާ ހުލްގު ރަނގަޅު އިންސާނަކާ ބައްދަލުވިޔަސް ހިތް އެ މީހަކަށް ބަންޑުންކޮށްލުމަކީ އެހާ ފަސޭހަ ކަމެއް ނޫނެވެ.

އެހެންވީމަ، ލޯބިވާން އެހާ ބިރުގަންނަ ސަބަބަކީ ކޮބައިތޯ ބަލައިލުން ކިހިނެތްވާނެ ހެއްޔެވެ؟

ހަގީގަތާ ނުބައްދަލު އުއްމީދު

ލޯބިވާން ބިރު ގަންނަ ސަބަބު ހޯދައި ބަލަން އަހަރެމެން ފޮތް ހުޅުވައިލާއިރު ފުރަތަމަ އައިސް ބައްދަލުކުރާ ޗެޕްޓަރަކީ މިއީ އެވެ. މި ޗެޕްޓާގައި އެންމެ ގިނައީ ޒަމާނީ ކުލަ ޖައްސާފައިވާ ލޯބީގެ ފިލްމުތައް ބަލައި ވާހަކަ ކިޔައި ހަދާ މީހުންނެވެ.

ލޯބީގެ މިފަދަ އަސަރުގަދަ ފިލްމުތަކާއި ވާހަކަތަކުގެ ނުފޫޒު އަހަރެމެންގެ ދިރިއުޅުމުގައި ވަރަށް ވެސް ބޮޑެވެ. ކަންމިހެން އޮތުމުން ވަރަށް ގިނަ ބަޔަކަށް ގަބޫލުކުރެވިފައި އޮންނަނީ އެންމެން ވެސް ނުވަތަ އަސްލު ދިރިއުޅުމުގައި ވެސް ލޯބީގެ މަންޒަރު ކުރަހަން ޖެހޭނީ ފިލްމާއި ވާހަކަތަކުގައި ކިޔައިދީފައިވާ ގޮތަށް ކަމަށެވެ.

އެފަދަ ފިލްމާއި ލަވަ އާއި ވާހަކަ ވެފައި ވަނީ ލޯބީގެ ގާނޫނުއަސާސީ އަށެވެ.

މި ގަބޫލުކުރުންތައް ވެގެންދަނީ ހަގީގަތާ ނުބައްދަލު އުއްމީދުތަކަކަށެވެ. ބައެއް މީހުން ލޯބިވާން ބިރުގަންނަ މައިގަނޑު ސަބަބަކީ އޭނާ ބެލި އެންމެ ރޮމޭންޓިކް ފިލްމުގައި އޭގެ ދެ ބަތަލުން އުޅުނު ގޮތަށް ނޫޅެވިދާނެ ކަމުގެ ބިރު ހިތުގައި އުފެދިފައި އޮތުމުންނެވެ. ނުވަތަ އެފަދަ އުއްމީދުތަކަކުން އާންމު ދިރިއުޅުން ކިރާލެވޭތީ އެވެ.

ލޯބީގައި ކަނުވެ އަމިއްލަ މީހާ ގެއްލިދާނެ ކަމުގެ ބިރު

ކުރީގެ ހިތި ތަޖުރިބާ

ކުރީގެ ހިތި ތަޖުރިބާ

ހަޔާތަކީ ހަމަ ފިލްމެއް ކަހަލަ އެއްޗެކެވެ. އެކަމަކު ފިލްމުގައި އަންނަ ހެޕީ އެންޑިން ހަޔާތަކު ނާދެ އެވެ. އެ ވާހަކައެއް ނުވެސް ނިމެ އެވެ. ފިލްމަކަށް ވުރެން އަދި ވާހަކައަކަށް ވުރެން ހަޔާތް ބޮނޑުވަނީ މިހުރިހާ ސަބަބުތަކާ ހެދި އެވެ.

ހަޔާތުގެ މި ދަތުރުގައި ކުރެވޭ ހިތި ތަޖުރިބާ އަކީ ލޯބިވާން ބައެއް މީހުން ބިރުގަންނަ ވަރަށް މަޝްހޫރު ސަބަބެކެވެ.

ލޯބީގެ ޒިންމާ މާ ބޮޑުވުން

ލޯތްބަކީ ހީކުރާހާ ފޮނި ތަޖުރިބާއެއް ނޫނެވެ. ހަގީގަތަކީ، ލޯތްބަކީ ތޫފާނެއް ކަހަލަ އިހްސާސެއް ކަމެވެ. އެ ތޫފާނުގެ މޫސުމް ކޮންޓްރޯލްކުރަން އެނގިއްޖެ ނަމަ ހަޔާތަށް ފިނިކަން ގެނެސްދެވިދާނެ އެވެ.

އެކަމަކު އެކަން ކުރެވޭނީ ޒިންމާދާރު ލޯބިވެރިޔަކަށް ވެގެންނެވެ. ލޯތްބަކީ ހަމައެކަނި އިހްސާސެއް ނޫނެވެ. އެއާ އެކު ހަޔާތަށް އަންނަ ޒިންމާތައް ވެސް ގިނަގުނަ އެވެ.