މޯލްޑިވިއަން އައިޑޮލް 2

މޯލްޑިވިއަން އައިޑޮލް ސީޒަން 2 ގެ ކޯ ސްޕޯންސަރަކަށް އީވޯ!

މޯލްޑިވިއަން އައިޑޮލް ސީޒަން ދެ އެއްގެ ކޯ ސްޕޮންސަރަކަށް އީވޯ ހަމަޖައްސައި އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

މިއަދު ޕީއެސްއެމްގައި އޮތް ރަސްމިއްޔާތެއްގައި އެކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓާ އައިމިނަތު ޝާޔަން ޝާހިދެވެ. އަދި އީވޯގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އީވޯގެ ޖެނެރަލް މެނޭޖަރު މުހުތާރު ސައީދު އެވެ.

މޯލްޑިވިއަން އައިޑޮލްގެ ދެވަނަ ސީޒަންގައި ބައިވެރިވާން މިހާރުވަނީ ފުރުސަތު ހުޅުވާލާފަ އެވެ. މި ފުރުސަތު ބަންދު ވާނީ މި މަހުގެ 10 ވަނަ ދުވަހު އެވެ. ބައިވެރިވާން ފުރުސަތު ހުޅުވާލި ނަމަވެސް އޮޑިޝަންތައް ބާއްވާނެ ރަށްތައް އަދި ކަނޑައެއް ނާޅަ އެވެ.

އަންނަ ޖެނުއަރީ މަހު މޯލްޑިވިއަން އައިޑޮލް ގެ ދެވަނަ ސީޒަން ފަށާއިރު މި ސީޒަންގެ ޓައިޓަލް ސްޕޮންސާއަކީ ދިރާގެވެ. މެއިން ސްޕޮންސާއަކީ އެސްޓީއޯ އަދި ލޮޓަސް ފިހާރަ އެވެ. ޓްރެވެލް ޕާޓްނަރަކީ މޯލްޑިވިއަން އެވެ.