މޯލްޑިވިއަން އައިޑޮލް 2

މޯލްޑިވިއަން އައިޑޮލްގެ ޕްރެޒެންޓަރަކަށްވާން ހުޅުވާލައިފި

މޯލްޑިވިއަން އައިޑޮލްގެ ސީޒަން ދެ އެއްގެ ޕްރެޒެންޓަރަކަށް ވާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފި އެވެ.

އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް އެސްއެމްއެސް ކުރުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު ޕްރެޒެންޓަރުން ހޮވާނީ ވެސް އޮޑިޝަނެއް ބާއްވައިގެންނެވެ. ޕީއެސްއެމުން ބުނީ ޕްރެޒެންޓަރުން ހޮވާނީ ޕްރެމެންޓަލް މީޑިއާއިން އެކަމަށް ކަނޑައަޅާފައިވާ އުސޫލްތަކުގެ ތެރެއިން، ކަނޑައަޅާފައިވާ ގޮތްތަކަށް ޕީއެސްއެމުން ކުރާ އިންޓަވިއުތަކަށް ބަލައި ޕްރެމެންޓަލް މީޑިއާ އިން ކަމަށެވެ.

މޯލްޑިވިއަން އައިޑޮލް ސީޒަން 2 އެއްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ވެސް މިހާރު ވަނީ އެފުރުސަތު ހުޅުވާލާފަ އެވެ.

ބައިވެރިވާން ބޭނުންވާ ފަރާތްތަކުންވެސް އަންނަ ބުރާސްފަތި ދުވަހުގެރޭ ދަންވަރު 12:00 ގެ ކުރިން އެސްއެމްއެސް ކުރަން ޖެހެ އެވެ. މި ސީޒަނުގައިވެސް ބައިވެރިވެ އޮޑިޝަނާ ހަމައަށް ދެވޭނީ އުމުރުން 16 އަހަރާއި 35 އަހަރާއި ދެމެދުގެ ފަރާތްތަކަށެވެ. އޮޑިޝަން ބާއްވާނެ ރަށްތައް އަދި ޕީއެސްއެމުން ކަނޑައެއް ނާޅަ އެވެ.