މޯލްޑިވިއަން އައިޑޮލް

ސަޅިދޯ، އެކްސްއެލް ދަޅުގެ ބޭރަށް ލައިޝާ!

ރާއްޖޭގެ ފުރަތަމަ މޯލްޑިވިއަން އައިޑޮލްގެ މަގާމު ހާސިލުކުރި ލައިޝާ ޖުނައިދުގެ ފޮޓޯ އެކްސްއެލް ދަޅުގައި ޖަހަން އެކުންފުނިން ނިންމައިފި އެވެ.

މޯލްޑިވިއަން އައިޑޮލް ސީޒަން ދޭއްގެ ބެވަރޭޖް ޕާޓްނަރު ކަމަށް އެކްސްއެލްއާއެކު އެއްބަސްވުމުގައި ސޮއި ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އައިމިނަތު ޝާޔަން ޝާހިދު ވިދާޅުވީ ސީޒަން އެކެއްގެ މޯލްޑިވިއަން އައިޑޮލް ކާމިޔާބު ކުރި ލައިޝާގެ ސަކްސަސް ސްޓޯރީއެއް ގޮތުގައި، އަންނަ އަހަރު ލޯންޗު ކުރާ އެކްސްއެލްގެ އާ ދަޅުގައި ލައިޝާގެ ފޮޓޯ ޖަހަން ނިންމާފައިވާ ކަމަށެވެ.

އާ ދަޅު ލޯންޗު ކުރާއިރު ލައިޝާގެ ފޮޓޯއާއި މޯލްޑިވިއަން އައިޑޮލްގެ ލޯގޯ ވެސް އެ ދަޅުގައި ޖަހަން ވަނީ ނިންމާފަ އެވެ. އަދި އިންޓަނޭޝަނަލް ބްރޭންޑެއްގައި ލައިޝާގެ ފޮޓޯ ޖެހުމަކީ ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ޝާޔަން ވިދާޅުވި އެވެ.

"އެކްސްއެލް ފަދަ އިންޓާނޭޝަނަލް ބްރޭންޑެއްގައި ރާއްޖޭގެ ފަރާތެއްގެ ފޮޓޯ ޖެހުމަކީ އިންޓާނޭޝަނަލް ބޮޑު ސަކްސަސްއެއް ލައިޝާއަށް ވެސް އަދި ޕީއެސްއެމްއަށް ވެސް. އެ ފުރުސަތު ދެއްވީތީ ވަރަށް ބޮޑަށް ޝުކުރު އަދާކުރަން،" ޝަޔަން ވިދާޅުވި އެވެ.

ލައިޝާއަށް ލިބުނު އިނާމްތައް

  • ދިރާގު މައިޓޯންސް ލައިޝާގެ ރެވެނިއުގެ 100 ޕަސެންޓް ދެ އަހަރަށް
  • އެއް އަހަރު ދުވަހަށް މީލް ޕްލޭނެއް ސީހައުސްއިން
  • އެލައިޑްގެ ގޯލްޑް ކާޑް
  • 25،000 ރުފިޔާ އަދި އެކްސްއެލްގެ އެންބެސެޑާޝިޕް
  • އެމްއޭސީއެލްގެ ބިޒްނަސް ލޯންޖްގެ ހިދުމަތް އެއް އަހަރަށް
  • ދިރާގުގެ އެންބެސެޑާޝިޕް
  • މޯލްޑިވިއަން އިން ބެންކޮކަށް ދެކޮޅު ޓިކެޓާއި ހަތް ދުވަހުގެ ހުރުން އަދި ޗައިނާ ފިޔަވާ އިތުރު ގައުމަކަށް ދިޔުމަށް 10،000 ރުފިޔާ
  • ނިއު ޕޯޓުން ގިޓާ ސައުންޑް ސިސްޓަމެއް
  • ވިލާ ކޮލެޖުން ޑިގްރީ ނުވަތަ ސެޓްފިކެޓް 3 ހާސިލުކުރުމަށް ސްކޮލަޝިޕެއް
  • ޕީއެސްއެމް އިން ސޯލޯ އަލްބަމެއް، އޭބީޔޫ ފެސްޓިވަލްގައި ބައިވެރިވުމުގެ ފުރުސަތު
  • މިޔުޒިކް ސްކޮލަޝިޕެއް
  • ދެ ލައްކަ ފަންސާސް ހާސް ރުފިޔާގެ ފައިސާގެ އިނާމް ޕީއެސްއެމްއިން
  • އަމިއްލަ ފަރާތަކުން މެޑިކަލް ސްކޮލަޝިޕެއް
  • މީގެއިތުރުން ވެސް އެސްޓީއޯ، ކޮޕިއާ ޕްލަސް، ލެކިއުޓް، ދަ ޕާފިއުމް، އަދި މޯލްޑިވް ގޭސްގެ ހަދިޔާތައް