އެމްޑަބްލިއުއެސްސީ

ޔޫތް ސިޓީގެ ނަރުދަމާ ނިޒާމުގެ ހޮޅި ވަޅުލާނެ ބަޔަކު ހޯދަނީ

Sep 6, 2016

ހުޅުމާލެ، ފޭސް 2 ގެ ޒޯން 1 (ޕީއެސް 2 އޭރިއާ) ގައި ގާއިމުކުރަން ހަމަޖެހިފައިވާ ނަރުދަމާ ނިޒާމުގެ ހޮޅިވަޅުލުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިއުލާންކޮށްފި އެވެ. މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.

ބީލަން ހުށަހެޅުމަށް ފުރުސަތު ހުޅުވާލާފައިވާއިރު، ބީލަމުގައި ބައިވެރިވުމަށް ފައިސާ ދައްކަވާ ފަރާތްތަކަށް އެކަންޏެވެ. ބީލަން ފޮތް ވިއްކުމަށް ހަމަޖެހިފައިވާ އަގަކީ 500 ރުފިޔާ އެވެ. ބީލަން ފޮތްތަކަށް ފައިސާ ބަލައިގަތުން އޮންނާނީ މި މަހުގެ ފަސްވަނަ ދުވަހުން އަށްވަނަ ދުވަހުގެ ނިޔަލަށެވެ.

ބީލަންފޮތް ދޫކުރާނީ މި މަހުގެ 19 ވަނަ ދުވަހު ކަމަށް އިއުލާނުގައި ވަނީ ބުނެފަ އެވެ. ޕްރީބިޑް މީޓިން އޮންނާނީ 21 ވަނަ ދުވަހު އެވެ. އަދި ބިޑް ހުށައަޅަން ހަމަޖެހިފައިވާ މި މަހުގެ 27 ވަނަ ދުވަހު އެވެ.