އެމްޑަބްލިއުއެސްސީ

މާދަމާ ރޭ ހުޅުމާލޭން ފެން ކެނޑޭނެ

މާދަމާ ރޭ ހުޅުމާލެއިން ފެން ކެނޑޭނެ ކަމަށް އެމްޑަބްލިއުއެސްސީން ބުނެފި އެވެ.

އެ ކުންފުނިން ބުނީ މާދަމާ ރޭ ހަތަރު ގަޑިއިރަށް ހުޅުމާލޭގެ ފޭސް އެކަކާއި ދޭއްގެ ހުރިހާ ސަރަހައްދަކުން ފެން ކަނޑައިލަން ޖެހޭނެ ކަމަށެވެ.

ފެނުގެ ހިދުމަތް މެދު ކަނޑައިލަނީ ހުޅުމާލެ މެއިން ވޯޓާ ޑިސްޓްރިބިއުޝަން ސިސްޓަމުގެ އަޕްގްރޭޑިންގައި ކޮންމެހެން ކުރަންޖެހޭ މަސައްކަތްތަކެއް ކުރާށެވެ. އެހެންވެ މާދަމާ ރޭ 11:00 އިން ދަންވަރު 3:00 އަށް އެ ރަށުގައި ފެނެއް ނުހުންނާނެ އެވެ.

ފެން ކުންފުނިން އިތުރަށް ބުނީ މި ނިންމުމުގެ ސަބަބުން އާންމުންނަށް ދިމާވާނެ ދަތިތަކަށް މާފަށް އެދޭ ކަމަށެވެ. ހުޅުމާލޭގައި ލައްކައަށްވުރެ ގިނަ މީހުންގެ ބޮޑު އާބާދީއެއް މިހާރު އޮވެއެވެ.