ހަބަރު

ފެންކުންފުނިން ހުޅުމާލޭގައި ފިއުލް ލައިނެއް އަޅަނީ

Nov 9, 2020

ހުޅުމާލޭގައި ފިއުލް ޕައިޕްލައިނެއް އަޅައިދޭނެ ފަރާތެއް ހޯދަން އެމްޑަބްލިއުއެސްސީން އިއުލާން ކޮށްފި އެވެ.

ފެން ކުންފުނިން މިއަދު ގެޒެޓު ކުރި އިއުލާނެއްގައި ބުނީ އެ ކުންފުނީގެ ފަރާތުންދޭ މައުލޫމާތާއި އެއްގޮތަށް ހުޅުމާލެ ފޭސް 1 ގައި ފިއުލް ޕައިޕްލައިނެއް އަޅައިދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށާއި އެ މަސައްކަތުގެ ބީލަން މިހާރު ހުޅުވާލާފައިވާ ކަމަށެވެ.

ބީލަން ހުށަހަޅާ ފަރާތައް އިކޮނޮމިކް މިނިސްޓްރީއިން ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތަކަށް ވާން ޖެހެ އެވެ. އަދި، ޕްލޭނިން މިނިސްޓްރީގެ ނެޝަނަލް ކޮންޓްރެކްޓާސް ރެޖިސްޓްރޭޝަން GC01 އާއި GC02 ގެ ގިންތިއަށް ޝަރުތުހަމަވާން ޖެހެ އެވެ.

ޕްރީ ބިޑް މީޓިންގް ބާއްވަނީ މި މަހު 18 އިގަ އެވެ. ބިޑް ހުށައެޅޭ އެންމެ ފަހު ތާރީހަކީ މި މަހު 23 އެވެ.