ހަބަރު

ނަޝީދަށް އަނިޔާވެފައިވާ ކަމަށް ޓެސްޓްތަކަކުން ނުދެއްކި

Feb 24, 2015
1

ނަޝީދުގެ އަތުގެ އިނގިއްޔެއް ބިންދައިގެން ގޮސްފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި އެކްސްރޭ އެއްގެ ކޮޕީއެއް އަންނަނީ ދައުރުވަމުންނެވެ. ނަމަވެސް އެއީ ނަޝީދާ ގުޅުމެއް ނެތް، އެކްސްރޭއެއްކަން ފުލުހުން ވެސް ކަށަވަރުކޮށްދެ އެވެ.

ފުލުހުންގެ އޮފިޝަލަކު ވިދާޅުވީ މެޑިކަލް އޮފިސަރުންގެ އިރުޝާދުގެ ދަށުން މެޑިކަލް ޓެސްޓްތަކެއް ހެދުމަށް، ނަޝީދު މިއަދު "މެޑިކާ" ހޮސްޕިޓަލަށް ގެނެސް ހެދި ޓެސްޓްތަކުން ނަޝީދުގެ އެއްވެސް ސިއްހީ މައްސަލައެއް ހުރިކަން މިހާތަނަށް އަދި ފާހަގަވެފައި ނެތް ކަމަށެވެ. އަދި އިއްޔެ ކޯޓަށް ވެއްދުމުގެ ތެރޭގައި ނަޝީދު ގަދަ ހެއްދެވުމުގެ ތެރޭގައި ވެސް ނަޝީދަށް ހާނިއްކައެއް ވެފައި ހުރިކަމަށް ނުދައްކާ ކަމަށް ވެސް ބުންޏެވެ.

އިއްޔެ ހަވީރު އޮތް ކްރިމިނަލް ކޯޓުގެ ޝަރީއަތުގެ މަޖިލީހަށް ނަޝީދު ހާޒިރުކުރި ވަގުތު ނޫސްވެރިން އެ މަނިކުފާނާ ސުވާލު ކުރަން އުޅުމުން ފުލުހުން އެކަމަށް ހުރަސް އެޅުމާ އެކު، ނަޝީދު ވަނީ އެކަމާ ހިތްޕުޅު ހަމަޖެހިވަޑައި ނުގެން ޝަރީއަތަށް ވަދެ ވަޑައިގަތުމަށް އިންކާރު ކުރައްވައިފަ އެވެ. އެއާ އެކު ފުލުހުން ނަޝީދު ގަދަކަމުން ކޯޓަށް ވައްދަން އުޅުމުގެ ތެރޭގައި އެމަނިކުފާނުގެ ކަމީސްކޮޅު އިރައިގެން ދިޔަ އެވެ. .

ނަޝީދު ޝަރީއަތުގެ މަޖިލީހަށް ވެންނެވުމަށް ފަހު ވިދާޅުވީ، އެމަނިކުފާނު އަތް ބިނދިފައިވާ ކަމަށާއި ހޮސްޕިޓަލަށް ދިޔުމަށް އެދޭ ކަމަށެވެ. ނަމަވެސް ފުލުހުން ރޭ ވެސް ބުނެފައި ވަނީ ނަޝީދުއަށް އަނިޔާއެއް ލިބިވަޑައިގެންފައި ނެތް ކަމަށާއި އަތް ވެސް ނުބިނދޭ ކަމަށެވެ. .