ރާއްޖެ ކުޅިވަރު

ރެޑްބުލް ކެޗް ދަ ފެރީ: މުބާރާތަށް ތައްޔާރުތަ؟

Sep 7, 2016

މިއީ އާދައިގެ މުބާރާތެއް ނޫނެވެ. މިމުބާރާތުގައި ބައިވެރިވާނަމަ، ބުންވަރު ބޭނުންވެއެވެ، ފަންވަރު ބޭނުންވެއެވެ. ހިތްވަރު ބޭނުންވެއެވެ. މި ރޭހުގައި 13.78 ކިލޯމީޓަރުގެ ސަރަހައްދެއް ކަޑަތު ކުރަން ޖެހެއެވެ. މިއީ ރެޑްބުލްއިން އިންތިޒާމު ކޮށްގެން މިމަހު 23 ވަނަ ދުވަހު ބާއްވާ "ކެޗް ދަ ފެރީ" ރޭހެވެ.

ދުވުންތެރިން ކަނޑު ހުރަސްކޮށް މާލެ ދިއުމަށްޓަކައި، 'ސައިރަސް ސްޕީޑް ބޯޓް' ގެ ފަރާތުން ވަނީ ފަސް ފެރީ ފޯރުކޮށްދިނުމަށް ހަމަޖެހިފައެވެ.

މިއިން ކޮންމެ ފެރީއެއްގައި މަދުވެގެން 18 މީހުންނަށް ދަތުރު ކުރެވޭނެއެވެ. ފުރަތަމަ ފެރީ ހުޅުމާލެއިން ނައްޓާލަން ހަމަޖެހިފައިވަނީ ހެނދުނު 8:55 ގައެވެ. ފުރަތަމަ ފެރީއަށް ފަހު، ދެ ވަަނަ ފެރީ ނައްޓާލުމަށް ދެ މިނެޓް ދެވޭނެއެވެ. އެގޮތަށް ފަސް ފެރީ ނައްޓާލުމާ ދެމެދު ގާތް ގަނޑަކަށް 10 މިނެޓްގެ ވަގުތެއް ހޭދަވާނެއެވެ. މާނައަކީ 25 މިނެޓުން 6.29 ކިލޯމީޓަރުގެ ސަރަހައްދެއް ހުރަސް ނުކުރެވޭ މީހާއަށް 35 މިނެޓް ތެރޭ ހުރަސްކޮށް ފެރީ ކެޗް ކުރުމުގެ ފުރުސަތު އެބައޮތެވެ. 35 މިނެޓް ތެރޭ ފުރިހަމަ ނުކުރެވޭ އެތުލީޓުންނަށް ރޭހުގެ ކުރިއަށް ބައިތަކުގެ ފުރުސަތު ގެއްލުނީއެވެ.

ތިރީސް ފަސް މިނެޓްތެރޭގައި ހުޅުމާލެއިން ރޭސް ނިންމައި ފެރީ ކެޗް ކުރެވުނު 90 އެތުލީޓުން މާލޭގެ އެއް ނަންބަރު ފާލަމަށް ލަފައި 5.4 ކިލޯމީޓަރުގެ ސަރަހައްދެއްގައި ދުވެ 21 މިނެޓްތެރޭ ފުރިހަމަ ކުރުމަށްފަހު އަނެއްކާވެސް އެއް ނަންބަރު ފާލަމަށް އަންނަން ޖެހޭނެއެވެ. ރޭސް ކަޑަތު ކުރުމަށް ހަމަޖެހިފައިވާ ސަރަހައްދުގައި ފެން ބުއިމަށް 13 ވޯޓާ ސްޓޭޝަން ޕޮއިންޓް ހުންނާނެއެވެ.

ފަސް ފެރީ މިފަހަރު ނައްޓާލާނީ ވިލިމާލެއަށެވެ. މިފަހަރުވެސް ކޮންމެ ފެރީއެއް ނައްޓަލުމާ ދެމެދު ދެ މިނެޓް ލިބޭނެއެވެ. މާނައަކީ 5.4 ކިލޯމީޓަރު 31 މިނެޓްތެރޭ ކަޑަތު ނުކުރެވޭ އެތުލީޓް އެހާހިސާބުން ރޭހުން ވަކީވީއެވެ.

އެއް ނަންބަރު ފުރައިގެން ފެރީތައް މިދަނީ ވިލިމާލެއަށެވެ. ދުވެ ވަރުބަލި ފިލުވާލުމަށް ވަގުތު ކޮޅެކެވެ. ވިލިމާލޭގައި ދުވަން ޖެހެނީ ވަރަށް ކުރު ސަރަހައްދެއްގައެވެ. ހަ މިނެޓް ތެރޭ ނިންމާ ގޮތަށް 1.69 ކިލޯމީޓަރުގެ ސަރަހައްދެކެވެ. އެވަގުތުގައި ދުވެ ފެރީ އޮތް ޕޮއިންޓަށް ނާދެ ވިއްޖެނަމަ ރޭހުގެ ނިންމާ ބުރުން ފުރުސަތު ގެއްލުނީއެވެ. ފެރީ ކެޗް ނުވީއެވެ.

މިހާރު މިއޮތީ ރޭސް ނިމިފައެއެވެ. ދެން އޮތީ ރޭހުގެ ވަނަ ތައް ހޮވުމެވެ. ދެ ޖިންސް ވަކިށް ވަނަތައް ހޮވުމަށް ވަނީ ހަމަޖެހިފައެވެ. ކޮންމެ ޖިންސަކުންވެސް އެއްވަނަ އަށްދާ އެތުލީޓަކަށް 10000 ރުފިޔާ ދޭނެއެވެ. ދެ ވަނަ އަށް 5000 ރުފިޔާއެވެ. ތިން ވަނަ އަށް 2500 ރުފިޔާއެވެ. ހުރިހާ ފަރާތްތަކަށްވެސް އޮތީ ފުރުސަތު ހުޅުވާލެވިފައެވެ. ރޭހުގައި ބައިވެރިވުމަށް www.redbullcontentpool.co ފައި ރަޖިސްޓްރީ ކުރައްވާށެވެ. ބައިވެރިބުން މުޅިން ފްރީއެވެ.