ކީރިތި ގުރުއާން

"ވޯލްޑް ގުރުއާން އަވާ" ގައި ރާއްޖެ ބައިވެރިވަނީ

Sep 7, 2016

"ވޯލްޑް ޤުރުއާން އަވާ" ގައި ރާއްޖެއިން ބައިވެރިވާން ނިންމައިފި އެވެ. މެލޭޝިޔާއިން 2013 ވަނަ އަހަރުން ފެށިގެން ދުނިޔޭގެ އެކި ގައުމުތަކުގައި ބާއްވަމުން އަންނަ ބައިނަލް އަގުވާމީ މި ހަރަކާތުގައި ރާއްޖެ ބައިވެރިވީ އިސްލާމިކް ޔުނިވާސިޓީގެ އިސްނެގުމަކަށެވެ.

މި އަހަރުގެ ވޯލްޑް ޤުރުއާން އަވާގެ ގޮތުގައި ފާހަގަކުރަނީ އަރަފާތު ދުވަހުގެ ހެނދުނު 9:00 އިން ފެށިގެން 10:00 އާ ހަމައަށެވެ. އަރަފާތު ދުވަހަކީ ހައްޖު މަހުގެ ނުވަ ވަނަ ދުވަހެވެ. މި ހަރަކާތް މެލޭޝިޔާ، ސިންގަޕޫރު، ބުރުނާއީ، ތުރުކީ، އިންޑޮނޭޝިއާ، މިސްރު، އިންޑޮނޭޝިއާ އަދި އިނގިރޭސި ވިލާތުގެ މުސްލިމު މުޖުމަތަމައު ތަކުން ބައިވެރިވެ އެވެ.

މިހަރަކާތް ކުރިއަށް ގެންދިއުމުގެ ގޮތުން އިސްލާމިކު ޔުނިވާސިޓީން ވަނީ "ކީރިތި ޤުރުއާނުގެ އިލްހާމުން ކުލުނާއި ޝުކުރުވެރިކަން ލިބިގަތުން" މި ތީމްގެ ދަށުން ފޯރަމެއް ބާއްވަން ނިންމާފަ އެވެ.

މި ފޯރަމްގައި ތީމާ ގުޅޭގޮތުން ނެގިފައިވާ އާޔަތްތަކާ ބެހޭގޮތުން އިލްމުވެރިން ވާހަކަ ދައްކަވާނެ އެވެ. މި ފޯރަމްގައި އިސްލާމިކް ޔުނިވާސިޓީގެ އިސް ބޭފުޅުން ބައިވެރިވާނެ އެވެ.