އިޒްރޭލް

ގާޒާ ވަށައިގެން ބިމު އަޑިންވެސް އިޒްރޭލުން ފާރެއް ރާނަނީ

Sep 8, 2016

ފަލަސްތިނުގެ ގާޒާގެ ވަށައިގެން ކޮންކްރީޓުން ރާނަފައިވާ ފާރަކުން އިޒްރޭލުން މިހާރުވެސް ވަނީ ގާޒާއަށް ހިސާރު ކުރުމުގެ ފިޔަވަޅު އަޅާފައެވެ. އެވަރަކުން އިޒްރޭލް ހިތް ހަމައެއް ނުޖެހުނެވެ. އެހެންވެ މިހާރު ތައްޔާރު ވަމުންދަނީ ގާޒާ ވަށައިގެން ބިމު އަޑިންވެސް ފާރެއް ރޭނުމަށެވެ.

ގާޒާއަށް އިސްރާއިލުން މިހާރުވެސް ވަނީ ހިސާރު ކުރުމުގެ ފިޔަވަޅު އަޅާފައެވެ. އިޒްރޭލާ ގުޅޭ ސަރަހައްދުން ގާޒާއަށް އެއްވެސް އެއްޗެއް ނުވެއްދޭ ގޮތަށް ފިޔަވަޅު އަޅާފައެވެ.

އިޒްރޭލުން ތުހުމަތު ކުރާ ގޮތުގައި ހަމާސް އިން ދަނީ ބިމު އަޑިން ހަދާފައިވާ މަގުތަކުން ގާޒާއަށް ހަތިޔާރު ވައްދަމުންނެވެ. އެހެންވެ އެކަމަށް ހުއްޓުވަން ބިމު އަޑިން ފުނަށް ފާރެއް ރާނޭނުމަށް ވަނީ ނިންމާފައެވެ.

އިޒްރޭލްގެ ދުވަހު ނޫހެއް ކަމަށްވާ ޔެދިއޯތު އަހްރޮނޮތު އިން ބުނީ ބިމު އަޑިން ރާނާ ފާރުގެ ރޭނުމަށް 531 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށެވެ.

އަދި މިފާރުގެ ސަބަބުން އިޒްރޭލްގެ ދެކުނު ސަރަހައްދުން ގައްޒާގެ ބޯޑަރު ސަރަހައްދާ ކައިރީ އުޅޭ މީހުންނަށް ރައްކާތެރިކަން ލިބިގެންދާނެ ކަމަށެވެ.

އެ ނޫހުން ބުނީ އެ ސަރަހައްދުގައި އެ ފާރުގެ މަސައްކަތައް ފަންޑު ހޯދަން ހަމަޖެހިފައިވަ ގޮތްތައް އިޒްރޭލް ސަރުކާރުން ހާމަކޮށްފައި ނެތުމުން، އެ ފާރު ނިމިދާނެ ކަމާމެދު ސުވާލު އުފައްދާ ކަމަށެވެ.

މެއި މަހު އިޒްރޭލުން ހިންގި އޮޕަރޭޝަނެއްގައި ހަމާސްއާ ދެމެދު ބަދަލު ކުރި ހަމަލާތަކުގައި ގާޒާގެ ބިމު އަޑީގެ ޓަނަލްއެއް ހަލާކުކޮށްލާފައިވެއެވެ.