އިމިގްރޭޝަން

ވަގުތު ނުދީ ހާއްސަ ވިޒާއަށް އެދޭތީ ބިދޭސީން ފޮނުވާލަންޖެހޭ: އިމިގްރޭޝަން

Sep 8, 2016

އެކަށީގެންވާ ވަގުތު ނުދީ ސްޕެޝަލް ވިޒާ، ނުވަތަ ބިޒްނަސް ވިޒާއަށް ދޭތީ އަންނަ ބިދޭސީން ފޮނުވާލަންޖެހޭ މައްސަލަތައް ދިމާވަމުން އަންނަ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފި އެވެ.

އިމިގްރޭޝަނުން މިއަދު ބުނީ މިހާރަކަށް އައިސް ގިނަ އަދަދެއްގެ ބަޔަކުބިޒްނަސް އަދި ސްޕެޝަލް ވީޒާގައި ބިދޭސީން ގެންނަން ހުށަހަޅާއިރު އެކަށީގެންވާ މުއްދަތު ނެތި ހުށަހަޅާ ކަމަށެވެ. އަދި އޭގެ ސަބަބުން، ވީޒާ ނުލިބެނީސް އެ ބިދޭސީން ރާއްޖެއައުމުން ރާއްޖެއަށް އެތެރެނުކޮށް އެ ބިދޭސީ މީހާ ގައުމަށް އަނބުރާ ފޮނުވާލަންޖެހޭ ކަމަށެވެ.

ބިޒްނަސް ވީޒާ ނުވަތަ ސްޕެޝަލް ވީޒާގައި ބިދޭސީއަކު ރާއްޖެ ގެނައުމަށް ބޭނުންވާނަމަ، ސަރުކާރު ބަންދުނޫން ފަސް ދުވަސް ކުރިން އެޕްލިކޭޝަން ފޯމު ހުށަހަޅާ ހުއްދަ ހޯދަންޖެހެ އެވެ.

އިމިގްރޭޝަނުން ބުނީ ގެންނަ ބިދޭސިއަކީ ބިޒްނަސް ވީޒާ ނުވަތަ ސްޕެޝަލް ވީޒާގެ ސެކިއުރިޓީ ސްކްރީނިން ފޯމު ފުރިހަމަކުރަން ޖެހޭކަމަށް ކަނޑައަޅާފައިވާ ކަމަކަށް ގެންނަ ބިދޭސީއެއްނަމަ، އެ ފަރާތުގެ އެޕްލިކޭޝަން ފޯމު އެ ބިދޭސީއަކު ރާއްޖެއައުމަށް ހަމަޖެހިފައިވާ ތާރީހުގެ 21 ދުވަސް ކުރިން ހުށަހަޅައި ހުއްދަ ހޯދަންޖެހޭނެ ކަމަށެވެ.