ހަބަރު

ދިރާގު އީދު ޝޯއަށް ކޮންމެހެން ވެސް ދާތި! ވަރަށް ފޯރިގަދަވާނެ

ދިވެހިން އެންމެ ފޯރިއާ އެއްކޮށް ފާހަގަކުރާ ބޮޑު އީދަކީ މާލެއަށް އަންނަ އީދެއް ނޫނެވެ. އީދުގެ ފޯރިއެއް މާލޭގައި ނޯވެ އެވެ. އެންމެން މާލެއިން ބޭރަށް ފުރަފުރައިގެން އެކި ރަށްރަށަށް ދަނީ ވެސް އެހެންވެ އެވެ. މީހުން މަދުވުމުން މާލޭގައި ކަމެއް ކުރާނެ ބައެއް ވެސް ނުވެ އެވެ. މާލޭގައި އީދުގެ ފޯރި ނެތި، ފަޅުވެފައި ވަނިކޮށް، އީދު ފޯރު ހިއްޕާލަދިނީ އަނެއްކާ ވެސް ދިރާގުންނެވެ. ބޮޑު އީދުގައި މާލޭގައި އޮންނަ އެންމެ ފޯރިގަދަ ހަރަކާތަކީ ދިރާގު އީދު ޝޯ އެވެ. މި ސަގާފަތެއް ކުރިއަށްދާތާ މިހާރު މިއީ ހަތްވަނަ އަހަރެވެ.

ދިރާގުގެ ލޮބުވެތި ކަސްޓަމަރުންނަށް އީދު ހަދިޔާއެއްގެ ގޮތުގައި ބާއްވަމުން އަންނަ މި ޝޯ މި އަހަރު ބޭއްވުމަށް ވެސް ދަނީ މިހާރު ތައްޔާރުވަމުންނެވެ. ޝޯއަށް އެންމެ ފުރިހަމަ ތައްޔާރީތައް ދަނީ ވަމުންނެވެ. މިފަހަރުގެ ޝޯ އިތުރަށް ފޯރި ގަދަވާނެ ކަން ޔަގީނެވެ. އަހަރަކަށް ފަހު އަހަރެއް އެ ޝޯގެ ތަފާތު އަންނަނީ ދައްކަމުންނެވެ.

ދިރާގުން ބާއްވާ ހަތްވަނަ އީދު ޝޯ މި އަހަރު ބާއްވާއިރު، ޝޯ އޮންނަނީ އީދު ދުވަހު، މި މަހުގެ 12 ވަނަ ދުވަހުގެ ރޭގަނޑު 8:30 ން 12:00 ށް އެކުވެނި ޓްރެކް ދަނޑުގަ އެވެ.

ޒުވާން ފަންނާނުންނަށް ރަންގަނޑެއް!

ދިރާގުގެ އީދު ޝޯއަކީ އޭގެ ވަރަށް ބޮޑު މަގުސަދުތަކެއްގައި ބާއްވާ ޝޯއެކެވެ. އެއް މަގުސަދަކީ ޝައްކެއް ވެސް ނެތް ގޮތުގައި މާލޭގައި ތިބޭ މީހުންނަށް އީދުގެ ފޯރި ގެނެސްދިނުމެވެ. ދެން އޮތް ސަބަބު ވެސް ހަމަ އެހާމެ ބޮޑެވެ. ޒުވާން ފަންނާނުންނަށް ފުރުސަތު ދިނުމެވެ. ކުރިއަށް ދިޔުމަށް މަގު ތަނަވަސްކޮށްދިނުމެވެ.

ދިރާގުގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު އިމްޖާދު ޖަލީލު ވިދާޅުވީ، ދިރާގަކީ ޒުވާނުންގެ ތަރައްގީއަށް ވަރަށް ބޮޑު އިސްކަމެއް ދޭ ކުންފުންޏެއް ކަމަށެވެ. ހާއްސަކޮށް މިޔުޒިކީ ފަންނާނުން ކުރިއެރުވުމަށް ދިރާގުން ވަރަށް ސަމާލުކަމެއްދޭ ކަމަށެވެ. އެ މަގުސަދުގައި، ޒުވާން ފަންނާނުން ކުރިއެރުވުމަށް މި ޝޯއިން ފުރުސަތު ދިރާގުން ދެނީ ކުރިއަރަން ބޭނުންވެފައިވާ ފަންނާނުންނަށެވެ. ގިނަ ޕްލެޓްފޯމްތަކެއް ލިބިފައިނުވާ އެހެނަސް ހުނަރުން ފުރިފައިވާ ބޭންޑަކާއެކު ކުރިއަށް ދިޔުމަށް ބޭނުންވާ ޒުވާން ފަންނާނުންނަށް މި ޝޯއިން ވަނީ ފުރުސަތުދީފަ އެވެ.

ޝޯގައި ފުރުސަތު ދީފައިވަނީ ވަރަށް ޒުވާން ފަންނާނުނަށެވެ. އެއީ 16 އަހަރާއި 25 އަހަރާ ދެމެދުގެ ފަންނާނުންނެވެ.

ޝޯގައި ބެލުންތެރިންގެ ހިތްތައް ފަތަހަކުރުމަށް އަތުކުރި އޮޅާލާފައިވާ ފަންނާނުންނަށް ބަލާލަމާ ހެއްޔެވެ؟ ގައިމުވެސް މި ލިސްޓް ބަލާފައި ޝޯއަށް ދިޔުމާ މެދު ދެވަނަ ވިސްނުމަކަށް ނުދާނެ އެވެ. މި އޮތީ އެ ލިސްޓެވެ. ހަމަ ޔަގީނުން ވެސް މި ފަންނާނުން އެ ޝޯގައި ފެންނާނެ އެބެ.

  • ބަތޫލް އެންޑް ބޭންޑް
  • ހައިޝަމް ތައުފީގު އެންޑް ބޭންޑް
  • އިޝާން އެންޑް ބޭންޑް
  • ޒަލީފް އެންޑް ޓީމް ފިޓް
  • ޑީޖޭ ފާރިހް

މި ޒުވާން ފަންނާނުންނާއެކު ޝޯ އިތުރަށް ފުރިހަމަ ކުރުމަށް ބެލުންތެރިންގެ ބޮޑު މަގުބޫލު ކަމެއް ހޯދައި އެކަމަކު ވެސް ވަރަށް ޒުވާން ބައިވެރިންތަކެއް ހަރަކާތްތެރިވާ ހަރުބީ ބޮޑުބެރު ގުރޫޕް ވެސް ޝޯގައި ބައިވެރިވާނެ އެވެ. ހަމަ ޔަގީނުން ވެސް ބޮޑުބެރުގެ ފޯރި މި ޝޯގައި ރަނގަޅަށް ވެސް އޮންނާނެ އެވެ.

ވަރަށް ކުލަގަދަ، އަޑު ވެސް ގަދަ!

ދިރާގުގެ ވިސްނުން ހުރީ މި ޝޯ ވަރަށް ވެސް ކުލަގަދަކޮށް އަދި އަޑު ވެސް ގަދަ ކޮށް ކުރިއަށް ގެންދިޔުމަށެވެ. ޝޯ ބޭއްވުމަށް މިހާރު ވެސް ސްޓޭޖް އެޅުމުގެ މަސައްކަތްކުރަމުންދާއިރު މި ސްޓޭޖަކީ ބޮޑު ސްޓޭޖަކަށް ވެގެންދާނެ އެވެ. ސްޓޭޖްގެ ބޮޑު މިނާއި ހައިބަތަށް ބަލާފައި ޝޯގައި ސައުންޑާއި ލައިޓިން ވެސް ވަރަށް ނަލަ ވާނެ އެވެ. އެކަންކަން ވަނީ އެކަމުގައި ފުންނާބު އުސް ފަރާތްތަކާ ހަވާލުކޮށްފަ އެވެ. މާޔޫސްކޮށްނުލާނެކަން ކަށަވަރެވެ. ޝޯއަށް ކޮންމެހެން ވެސް ދާންވާނެ އެވެ. ހަމަ ޔަގީނުން ވެސް ދިރާގުގެ މި ޝޯ ވަރަށް ވެސް ފޯރި ގަދަވާނެ އެވެ. މިއީ އީދުގެ މަޖާ ނަގާލަން ހަމަ އެންމެ ރަނުގެ ފުރުސަތެވެ.

ޕާޓްނާސް

  • ލައިޓް އެންޑް ސްޓޭޖް: ސްޓޭޖް ކޯ
  • ސައުންޑް: ސައުންޑް ހައުސް
  • އޮފިޝަލް މެގަޒިން: މިސްކް
  • އޮންލައިން މީޑިއާ: އަވަސް
  • ބެވަރެޖް: މޯޓޯ
  • އިވެންޓް: ތިންކް މޯލްޑިވްސް