ވިޔަފާރި

އުރީދޫއިން ވައިބާގައި ދިވެހިންގެ ފުރަތަމަ ޕަބްލިކް ޗެޓް ގްރޫޕް އުފައްދައިފި

Sep 9, 2016

އުރީދޫން ދިވެހި ރައްޔިތުންނަށް ހާއްސަކޮށްގެން، ވައިބާގައި "ޕަބްލިކް ޗެޓް" ގްރޫޕު ތައާރަފްކޮށްފި އެވެ.

އުރީދޫން ބުނީ "ޕަބްލިކް ޗެޓްސް" އަކީ މަގުބޫލް ފަންނާނުންނާއި ބްރޭންޑްތަކާއި ވައިބާ ބޭނު ންކުރައްވާ ބޭފުޅުންނާއި ގުޅުވާލަ ދޭ ޕްލެޓްފޯމެއް ކަމަށާއި، އުރީދޫ މޯލްޑިވްސް އަކީ ވައިބާ ޕަބްލިކް ޗެޓްގައި ހިމެނޭ ފުރަތަމަ ދިވެހި ކުންފުނި ކަމަށެވެ. އުރީދޫ މޯލްޑިވްސް ޕަބްލިކް ޗެޓް މެދުވެރިކޮށް އުރީދޫގެ ކަސްޓަމަރުންނަށް މުހިއްމު ހަބަރުތަކުގެ އިތުރުން، ރާއްޖޭގެ އެކި ހިސާބުތަކުން ޝައުގުވެރިކުރުވާ ފަދަ މައުލޫމާތު ހިއްސާ ކުރެވިގެންދާނެ ކަމަށެވެ.

އުރީދޫގެ ސީއީއޯ ވިކްރަމް ސިންގަ ވިދާޅުވީ މުޖުތަމައު އާއި އިތުރަށް ގުޅުވާލަދޭނެ އުފެއްދުންތެރި ގޮތްތައް ހޯދުމަކީ އުރީދޫ އިން އަބަދުވެސް ކުރަމުންދާ ކަމެއް ކަމަށެވެ.

"މިއަދުގެ ޑިޖިޓަލް ދުނިޔޭގައި، ރައްޔިތުންނާއި ގުޅުން ބަދަހިކޮށް، އެންމެ އަވަސް ގޮތެއްގައި ޚިދުމަތް ފޯރުކޮށްދިނުމުގައި ސޯޝަލް މީޑިޔާ ވަނީ ވަރަށް ފުރިހަމަ ފުރުސަތުތަކެއް ހުޅުވާލަދީފައި. ދިވެހިންގެ ތެރެއިން ގިނަ ބައެއް ވައިބާ ބޭނުންކުރާއިރު، އެބޭފުޅުންނާއި މުއާމަލާތު ކުރުމަށް އުރީދޫ މޯލްޑިވްސްގެ ޕަބްލިކް ޗެޓް އެހީތެރިވެދޭނެ." ވިކްރަމް ވިދާޅުވި އެވެ.

އުރީދޫގެ ކަސްޓަމަރުންގެ ޑިޖިޓަލް ލައިފްސްޓައިލް އަށް އެއްބާރުލުން ދިނުމުގެ ގޮތުން އެކުންފުނިން ގިނަ މަސައްކަތް ތަކެއް ކުރެ އެވެ. މިގޮތުން ފޭސްބުކް، ޓްވިޓާ އަދި އިންސްޓަގްރާމް ފަދަ މަގުބޫލް ސޯޝަލް މީޑިއާ ޗެނަލްތަކުގައި، ކަސްޓަމަރުންނަށް އުރީދޫގެ ޓީމާއި މުހާތަބުކޮށް، ހިދުމަތް ހޯދޭނެ އެވެ.