ވިޔަފާރި

އުރީދޫގެ އީދު ހަދިޔާ: 50 ޕަސެންޓް ހިލޭ ޑޭޓާ

Sep 12, 2016
1

އުރީދޫ މޯލްޑިވްސްއިން އީދު ހަދިޔާއެއްގެ ގޮތުގައި ހުރިހާ ކަސްޓަމަރުންނަށް 50 ޕަސެންޓް ހިލޭ ޑޭޓާ ދިނުމަށް ނިންމައި ހާއްސަ އޮފާއެއް ތައާރަފްކޮށްފި އެވެ.

އުރީދޫއިން ބުނީ 50 ޕަސެންޓް ހިލޭ ޑޭޓާ ލިބޭނީ އުރީދޫ ޑޭޓާ ޕެކް އެއް އެކްޓިވޭޓް ކުރުމުގެ ކުރިން *108# އަށް ގުޅާލުމުން ކަމަށެވެ. މި އޮފާ ކުރިއަށް ދާނީ އަންނަ ބުދަ ދުވަހުގެ ނިޔަލަށެވެ.

އުރީދޫގެ އެސިސްޓަންޓް މެނޭޖާ ޕަބްލިކް ރިލޭޝަންސް، ނޫރާ އިބްރާހިމް ޒާހިރު ވިދާޅުވީ، ކުލަގަދަ ގޮތެއްގައި އީދު ފާހަގަކޮށް، އީދުގެ އުފާ ގާތްތިމާގެ މީހުންނާއި ހިއްސާކުރަމުންދާ އިރު، އުރީދޫގެ މި އީދު ހަދިޔާ ކަސްޓަމަރުންނަށް ކަމުދާނެކަމަށް އުއްމީދުކުރާ ކަމަށެވެ.

"އުރީދޫ ޓީމްގެ ފަރާތުން ކަސްޓަމަރުންނަށާއި، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށްވެސް އަޟްހާ އީދުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރަން،" ނޫރާ ވިދާޅުވި އެވެ.

އީދު އޮފާގެ އިތުރުން ހައްޖު މޫސުމަށް ހާއްސަކޮށްގެން، އަގުހެޔޮ ރޭޓުގައި ރާއްޖޭން ސައުދީ އަށް ގުޅާލެވޭ އައިޑީޑީ އޮފާއެއް ވެސް އުރީދޫ އިން ވަނީ ތައާރަފްކޮށްފައެވެ. މިނެޓަކު 1.85 ރުފިޔާއަށް ސައުދީއަށް ގުޅާލެވޭނެ އިންތިޒާމް އުރީދޫއިން ވަނީ ހަމަޖައްސާފަ އެވެ. ހައްޖު އޮފާ ކުރިއަށްދާނީ މިމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ.