ބޮލީވުޑް

ޑައިރެކްޓަރު އަނޫރާގް އުފަންދުވަހަށް ދަރިފުޅު އާލިޔާއާ އެކު ރާއްޖޭގައި!

Sep 14, 2016
1

ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު އަނޫރާގް ކަޝިޔަޕް އޭނާގެ 14 އަހަރުގެ ދަރިފުޅު އާލިޔާ ކަޝްޔަޕާއެކު އުފަން ދުވަސް ފާހަގަކުރަން ރާއްޖެ އަތުވެއްޖެ އެވެ. އަނޫރާގް ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދަނީ ކޮކޯ ބޮޑުހިތި ރިސޯޓްގަ އެވެ.

އާލިޔާ އަކީ މީގެ ކުރިން ދެ ކައިވެންޏެއް ކޮށް، ވަރިވެފައިވާ އަނޫރާގަށް ލިބިފައިވާ ހަމައެކަނި ދަރިފުޅެވެ. އޭނާ ވަނީ ދަރިފުޅާއެކު ރާއްޖޭގައި ހޭދަކުރަމުންދާ ޗުއްޓީގެ ފޮޓޯތަކެއް އިންސްޓަގްރާމްގައި އާންމުކޮށްފަ އެވެ.

އަނޫރާގް ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވީ ނަމަވެސް އޭނާ ރާއްޖެ އައީ ކޮން ދުވަހަކު ކަމެއް ނޭނގެ އެވެ. އޭނާ އާއި ދަރިފުޅު އާލިއާ ރާއްޖޭގައި ނަގާފައިވާ ފޮޓޯއެއް އެންމެ ފުރަތަމަ އިންސްޓަގްރާމް ކޮށްފައިވަނީ މިދިޔަ ހުކުރު ދުވަހު އެވެ.

މި ފަހަކަށް އައިސް ރާއްޖެ ފާހަގަކުރެވިފައިވަނީ ބޮލީވުޑްގެ މަޝްހޫރު ތަރިންނާއި ޑައިރެކްޓަރުންގެ މެދުގައި ވަރަށް މަގްބޫލު ޓޫރިސްޓް މަންޒިލެއްގެ ގޮތުގަ އެވެ. މިދިޔަ ހަފްތާގައި ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އަކްޝޭ ކުމާރު ވެސް ވަނީ އޭނާގެ އާއިލާ އާއެކު އުފަންދުވަސް ފާހަގަކުރުމަށް ރާއްޖެ އައިސްފަ އެވެ.