ވިޔަފާރި

މެރިން އިންޑަސްޓްރީގެ ދެވަނަ ފޯރަމް ނޮވެމްބަރު މަހު

Sep 15, 2016
  • ފޯރަމް ބާއްވަނީ ލޭމް އިން
  • ދާއިރާގެ ތަޖުރިބާކާރުންނާއެކު
  • މައްސަލަތައް ހައްލު ކުރާނެ

ރާއްޖޭގެ މެރިން އިންޑަސްޓްރީގެ ދެވަނަ ފޯރަމް ނޮވެމްބަރު މަހު ބާއްވާނެ ކަމަށް ލިވަ ބޯޑް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ލޭމް) އިން ބުނެފި އެވެ.

ރާއްޖޭގެ ކަނޑުދަތުރުދަތުގެ ދާއިރާއަށް ހާއްސަކޮށްގެން ސަފާރީ އޮޕަރޭޓަރުންގެ ޖަމިއްޔާ (ލޭމް) އިން ބާއްވާ މި ފޯރަމް އެންމެ ފަހުން ބާއްވާފައިވަނީ މިދިޔަ އަހަރު އެވެ. މި އަހަރުގެ ފޯރަމްގައި ޓްރާންސްޕޯޓް އޮތޯރިޓީ އާއި ކޯސްޓް ގާޑް އަދި މެރިން ޕޮލިހުންގެ އިތުރުން ބޮންޑެޑް ވެއާ ހައުސްތަކާއި ބޯޑް ބިލްޑާސް އެސޯސިއޭޝަން އެމްޕޮލޮޔާސް ފެޑެރޭޝަން މެރީން އެކެޑަމަނީގެ އިތުރުން ޓީމުންވެސް ބައިވެރިވެފަައިވެ އެވެ.

ފޯރަމްގައި ބައިވެރިވާނެ ދާއިރާތައް

"މި ފޯރަމްގައި މެރިން އިންޑަސްޓްރީއަށް ކުރިއެރުވޭނެ ގޮތް ގަތުގެ ލަފާ ހޯދައި ތަޖުރިބާކާރު ބޭފުޅުންގެ ލަފާ އަރުވާނެ،" ހަަސަން ވިދާޅުވި އެވެ.

ފޯރަމްގައި ބައިވެރިވާނެ ދާއިރާތައް

  • ބޯޓް ބިލްޑިންގް
  • ސޭފްޓީ
  • ސަލާމަތީ ކަންތައް
  • ޕްރޮމޯޝަން
  • ކަނޑު ދަތުރުފަތުރުގެ ގަވާއިދުތައް
  • ސަޕްލަޔަރުން
  • ޓްރެވަލް އެޖެންޓުން
  • އޮޕަރޭޓަރުން
  • ކަމާ ގުޅުންހުރި އިދާރާތައް
  • އިންޝުއަރެންސް

ލޭމްއިން ބުނީ ނޮވެމްބަރު މަހުގެ ފަހުކޮޅު ބާއްވާ މި ފޯރަމްގެ މަގުސަދަކީ މި ދާއިރާގައި ހުރި މައްސަލަތައް ހައްލު ކުރުމަށް މަސައްކަތް ކުރުން ކަމަށެވެ.