ދިރާގު

ކުޅުދުއްފުށީ، ދިރާގު ރޯޑް ކިންގް ހޮވައިފި

ބޮޑު އީދާ ދިމާކޮށް ކުޅުދުއްފުށީގައި ބޭއްވި ކާރު އަދި ސައިކަލް ރޭސް ނިންމާލައި ނަތީޖާ ފާޅުކޮށްފި އެވެ. މި ރޭހަކީ ކުޅުދުއްފުށި މޮޓޯ ސްޕޯޓްސްއިން އިންތިޒާމްކުރި ރޭހެކެވެ. މިއީ ކުޅުދުއްފުށީގައި ބޭއްވި މިފަދަ ތިންވަނަ ރޭހެވެ.

މި އިވެންޓުގައި ހަ ރޭހެއް އޮތެވެ. އެއީ، 100 އާއި 150ސީސީ އޮޓޮމަޓިކްގެ ރޭހާއި 125 ސީސީ ސެމީ އޮޓޮމަޓިކްގެ ރޭހާއި 150 އާއި 250ސީސީ ސެމީ އޮޓޮމަޓިކްގެ ރޭހާއި 110 ސީސީ ސެމީ އޮޓޮމަޓިކްގެ ރޭހާއި ކާރު ޑްރެގް ރޭހެވެ. އަދި، އޯޕަން އިވެންޓެވެ.

ރޭހުގެ އެންމެ މުހިންމު އިވެންޓްގެ ގޮތުގައި ކުރިއަށް ދިޔަ އޯޕަން އިވެންޓްގެ ޗެމްޕިއަންކަން ހޯދައި، ދިރާގު ރޯޑް ކިންގްގެ ޓައިޓަލް ހޯދާފައިވަނީ މުސްތަފާ މުހައްމަދު (މުސްތޮ) އެވެ.

މި ރޭސިން އިވެންޓްގައި ކުރިއަށް ދިޔަ ކާރު ރޭސިންގެ ޗެމްޕިއަންކަން ހޯދީ، މުހައްމަދު އަބްދުއްރަހީމް (ކުޑަ ބެނޭ) އެވެ.

ޑްރެގް ރޭސްތަކުގެ އިތުރުން ސްޓަންޓް ޝޯއެއް ވެސް މި އިވެންޓްގައި ކުރިއަށް ދިޔަ އެވެ. "ދިރާގު ރޯޑް ކިންގް ޗެމްޕިއަންޝިޕް"ގެ ނަމުގައި މި އިވެންޓް ބޭއްވިއިރު އިވެންޓްގެ މެއިން ސްޕޮންސަރަކީ ދިރާގެވެ.