ބޭރު ކުޅިވަރު

ޑޯޓްމަންޑަށް ފުރުސަތު އެބައޮތް: ކްލޮޕް

ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި ރޭ ރަށުން ބޭރުގައި ޔުވެންޓަސް އަތުން 2-1 އިން ބަލިވި ނަމަވެސް، ބޮރޫޝިއާ ޑޯޓްމަންޑަށް ކުއާޓާ ފައިނަލް އިން ޖާގަ ހޯދުމުގެ ރަނގަޅު ފުރުސަތެއް އެ ޓީމަށް އެބައޮތް ކަމަށް ޑޯޓްމަންޑްގެ ކޯޗު ޔާގަން ކްލޮޕް ބުނެފި އެވެ.

ޔުވެންޓަސް މެޗުން މޮޅުވީ އަލްވާރޯ މޮރާޓާ އާއި ކާލޮސް ޓެވޭޒް ޖެހި ލަނޑުތަކުންނެވެ. ޑޯޓްމަންޑަށް ލަނޑު ޖަހައިދިނީ ފޯވަޑް މާކޯ ރޮއިސް އެވެ.

މެޗަށް ފަހު ކްލޮޕް ބުނީ މެޗުގައި ޑޯޓްމަންޑަށް ވުރެ ރަނގަޅަށް ޔުވެންޓަސް އިން ކުޅުނު ނަމަވެސް، ދެވަނަ ލެގުގައި އެ ޓީމު ކޮޅާށް ނަތީޖާ އަނބުރާލެވިދާނެ ކަމަށް ގަބޫލްކުރާ ކަމަށެވެ.

"މިއީ އެންމެ އިންސާފުވެރި ނަތީޖާއަކީ. ފުރަތަމަ ހާފުގައި ޑޯޓްމަންޑް އިން ރަނގަޅަށް ކުޅުނު. އެކަމަކު ދެވަނަ ހާފުގައި މާ ރަނގަޅު ކުޅުމެއް ނުދެއްކުނު. ދެވަނަ ހާފުގައި ޔުވެންޓަސް އަށް ރަނގަޅު ދެ ފުރުސަތެއް ލިބުނު. އަހަރެމެންނަށް ފުރުސަތެއް ނުލިބޭ،" ކްލޮޕް ބުންޏެވެ.

ކްލޮޕް ބުނީ މި މެޗުގައި ޑޯޓްމަންޑަށް ކޮޅަށް ވަތް ދެ ލަނޑާމެދު ހިތްހަމަނުޖެހޭ ކަމަށާއި ޑޯޓްމަންޑްގެ ޑިފެންޑަރުންނަށް ޔުވެންޓަސްގެ ފޯވަޑުންނަށް މާ ބޮޑަށް ޖާގަ ދެވުނީ ކަމަށެވެ.

"މުހިންމު ކަމަކީ މި ނަތީޖާއާއެކު، ދެވަނަ ލެގަށް ދާއިރު އަހަރެމެންނަށް ފުުރުސަތު އޮތުން،" ކްލޮޕް ބުންޏެވެ. -- އީއެސްޕީއެން