ފިނިޕޭޖް

ކަޕިލް ޝަރުމާ ރާއްޖެ އަތުވެއްޖެ

އިންޑިއާގެ މިހާރު އެންމެ މަޝްހޫރު ކޮމެޑިއަން، ކަޕިލް ޝަރުމާ މިއަދު ރާއްޖެ އަތުވެއްޖެ އެވެ. ކަޕިލް ޝަރުމާ ރާއްޖެ އައީ ޗުއްޓީ ހޭދަކޮށްލުމަށެވެ.

ކަޕިލް ރާއްޖޭގައި މަޑުކުރަން ހަމަޖެހިފައިވަނީ، ތާޖް އެގްޒޯކްޓިކާ ރިސޯޓުގައި ކަމަށް ވެއެވެ. ކަޕިލްއާއެކު އޭނާގެ ޝޯގައި ފެނިގެންދާ ކޮމޭޑިއަން ސުނިލް ގްރޯވާ ވެސް މިއަދު ވަނީ ރާއްޖެ އައިސްފަ އެވެ.

ކަޕިލްގެ މަގުބޫލުކަން އިންޑިއާގައި ބޮޑުވެފައިވާއިރު އޭނާ ވަނީ ބޮލީވުޑްގެ ފިލްމެއް ވެސް ކުޅެފަ އެވެ. އަދި ކަޕިލްގެ ޓީވީ ޝޯއަކީ އިންޑިއާގައި މިހާރު އެންމެ މަޝްހޫރު އެއް ޓީވީ ޝޯއެވެ.

ޓީވީ ޝޯ ހުށެހެޅުމުގެ އިތުރުން އެވޯޑް ހަފުލާތައް ވެސް ކަޕިލް ދަނީ ހުށަހަޅައިދެމުންނެވެ. ޝޯތައް ހުށަހަޅައިގެން ކަޕިލަށް ބޮޑު އާމްދަނީއެއް ލިބެ އެވެ.