އޮފްބީޓް

23,000 އަހަރު ކުރިން މަސް ބޭނި ބުޅިއެއް ފެނިއްޖެ

Sep 19, 2016

މިހާތަނަށް ފެނުނު އެންމެ ދުވަސްވީ މަސް ބަނާ ބުޅި ޖަޕާނުގެ އަވަށަކުން ފެނިއްޖެ އެވެ. މީގެ ދެ ބުޅިއެއް ވަނީ ފެނިފަ އެވެ.

އެ ދެ ބުޅި ފެނިފައިވަނީ ޖަޕާނުގެ ރަށެއް ކަމަށްވާ އޮކިނަވާގެ ހޮހަޅަޔަކުންނެވެ. ބެލެވޭ ގޮތުގައި އެ ދެ ބުޅިއަކީ މީގެ 23,000 އަހަރު ކުރީގެ ދެ ބުޅި އެވެ.

މި ބުޅިތައް ހަދާފައިހުރީ ސީ ސްނެއިލެއްގެ ތޮށިންނެވެ.

މަސް ބޭނުމުގެ ޓެކްނޮލޮޖީ އިންސާނުން ވުޖޫދަށް ގެނައި ގޮތެއް މިހާތަނަށް ހޯދިފައިނުވާއިރު ޖަޒީރާ ރަށްތަކުގައި އިންސާނުން ދިރިއުޅެން ފެށިތާ ގާތްގަނޑަކަށް 50،000 އަހަރު ވެދާނެ ކަމަށް ބެލެވެ އެވެ. ބުޅީގައި މަސް ބާނަން ފެށުނީ އެ ދުވަސްވަރު ކަމަށް ބެލެވެ އެވެ.

މީގެކުރިން އަޔާލޭންޑް އަދި އިންޑޮނޭޝިއާއިން ވެސް ދުވަސްވީ ބުޅިތަކެއް ފެނިފައިވެ އެވެ. އިންޑޮނޭޝިއާއިން ފެނުނީ ގާތްގަނޑަކަށް 16،000 އަހަރުވެފައިވާ ބުޅި އެވެ. އަޔާލެންޑުން ފެނުނީ ގާތްގަނޑަކަށް 18،000 އަހަރުވެފައިވާ ބުޅިތަކެކެވެ.