ބޭރު ކުޅިވަރު

ތައްޓަށްވުރެ ސަޕޯޓަރުންގެ ހިނިތުންވުން މާރަނގަޅު: ގާޑިއޯލާ

ސަޕޯޓަރުން އުފާކޮށްދެވުމަކީ ތަށި ލިބުމަށްވުރެ ކުޑައުފަލެއްނޫން ކަމަށް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

އޭނާ މިހެން ބުނީ ބޯނެމައުތު ބަލިކޮށް އިނގިރޭސި ޕްރެމިއާ ލީގުގެ އެއްވަނާގައި ހަމަޖެހިލުމަށްފަހު އެވެ.

"އަހަރެންގެ އެންމެ ބޮޑު އުފަލަކީ ތަށިތަކެއް ހޯދުމެއްނޫން. އަހަރެންގެ ސުވާލަކީ މި މެޗު ބަލަން އައި ސަޕޯޓަރުން އުފާކުރިތޯ. އެކަން ކޮށްދެވިފައިވާނަމަ އެވަރުން ފުދާނެ. ތަށި ހޯދޭނެތޯ ނުވަތަ ނޫންތޯ ބުނަސް އަދި އަވަސް،" ގާޑިއޯލާ ބުންޏެވެ.

ބާސެލޯނާ އާއި ބަޔާން މިއުނިކްގެ ކުރީގެ ކޯޗު ބުނީ ޔޫރަޕުގެ އެންމެ ބޮޑެތި ކުލަބުތަކާ ވާޑަކުރަން ސިޓީ އަދި ތައްޔާރުނޫން ކަމަށާއި އޭނާ ދަނީ އެފަދަ ވަރުގަދަ ޓީމަކަށް ސިޓީ ހެދުމުގެ މަސައްކަތް ކުރަމުން ކަމަށެވެ.

ގާޑިއޯލާ ހަވާލުވި ފަހުން ސިޓީ އަދި މެޗަކުން ބަލިނުވެ އެވެ. އޭނާ ބުނީ ޗެމްޕިއަންސް ލީގު އޭނާ ކޯޗަކަށް ހުރެ ސިޓީ ހޯދާނެ ކަމަށް ގިނަ ބަޔަކު އުއްމީދުކުރަނީ އޭނާ އަކީ ރަނގަޅު ކޯޗަކަށްވާތީ ކަމަށް ގަބޫލުކުރާ ކަމަށެވެ. ގާޑިއޯލާ ވަނީ ބާސެލޯނާގައި ދެ ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފަ އެވެ.