އޮފްބީޓް

އެންމެ ބޮޑު ސުވިމިން ޕޫލް: 11 ފުޓުބޯޅަ ދަނޑުގެ ދިގުމިން!

Sep 20, 2016
1
  • ޕޫލް ހަދާފައިވަނީ ޗިލީގައި
  • ޕޫލުގެ ދިގުމިނުގައި 3،332 ފޫޓު
  • ޕޫލް ހަދަން ދެ މިލިއަން ޕައުންޑް ހަރަދުވި

ރާއްޖެއަކީ ވެސް ދުނިޔޭގެ ނިސްބަތުން ރީތި ސުވިމިން ޕޫލުތައް ހުރި ގައުމެވެ. ރިސޯޓުތަކުގައި ހިތްގައިމު އެތައް ޕޫލެއް ހުރެ އެވެ. ނަމަވެސް މި ފަހަރުގެ ސުވިމިން ޕޫލް ވަރަށް ތަފާތެވެ. މިއީ ދުނިޔޭގެ އެންމެ ބިޔަ ސުވިމިން ޕޫލެވެ. ޗިލީގެ "ސެން އަލްފޮންސޯ ދެލް މާ ރިސޯޓު" ގައި ހަދާފައިވާ މި ސުވިމިން ޕޫލްގެ ބޮޑު މިނަކީ ގާތްގަނޑަށް 11 ފުޅުބޯޅަ ދަނޑުގެ ދިގުމިނެވެ.

ދުނިޔޭގެ ރެކޯޑް ފޮތުން ލިބިފައިވާ މި ސުވިމިން ޕޫލުގައި ދިގުމިނަކީ 3،332 ފޫޓެވެ. އަދި ޕޫލްގެ ފުން މިނުގައި 11 ފޫޓު ހުރެ އެވެ.

ބޮޑު ބިޔަ މި ފެން ޓޭންކެއް ވަރުގެ ސުވިމިން ޕޫލް ހަދާފައިވާ ކްރިސްޓަލް ލެގޫން ކުންފުނީގެ ޗެއާމަން އަދި ކޯފައުންޑަރު ފެރެނާންޑޯ ފިޝްމަން މި ތަން ހެދުމަށް ދެ މިލިއަން ޕައުންޑް ހޭދަ ކޮށްފައިވެ އެވެ.

ސެން އަލްފޮންސޯ ދެ މާ ރިސޯޓުގެ މި ޕޫލަށް ފެން ފޯރުކޮށްދީފައިވަނީ މޫދުން ނަގައިގެންނެވެ. މިތަނަށް ހިތްގައިމުކަން ގެނެސްދެނީ ލޫލަށް ކަރަންޓު ދިނުމަށް އަހުރާމް ބައްޓަމަށް ހަދާފައިވާ ސޯޕާ ޕެނަލްގެ ސަބަބުންނެވެ. މިތަނުގައި 66 ގިލަންގެ ފެން އަޅާފައިވެ އެވެ.