ލައިފްސްޓައިލް

ފަސް އަހަރުގެ ދަރިފުޅުވެސް އަމިއްލައަށް މަރުވާން މަސައްކަތްކޮށްފާނެ!

Sep 22, 2016
1

ޕްރީ ސްކޫލަށްދާ އުމުރުގެ ކުދިން ނުވަތަ ހަތަރު އަހަރާއި ހަތް އަހަރާއި ދެމެދުގެ ކުދިންވެސް އަމިއްލައަށް މަރުވާން މަސައްކަތްކޮށްފާނެ ކަން ދިރާސާއަކުން ދައްކައިފި އެވެ.

ނަފްސާނީ އިލްމުވެރިއެއް ކަމަށްވާ ގްރޭގޮރީ ފްރިޓްޒް ވިދާޅުވީ އެއުމުރުގެ ކުދިންވެސް އަމިއްލައަށް މަރުވެދާނެ ކަމަށާއި މިއީ ބޮޑެތި މީހުން ސަމާލުކަންދޭން ޖެހޭ ކަމެއް ކަމަށެވެ. ގިނަ ކުދިން އަމިއްލައަށް މަރުވަނީ މާބޮޑަށް ސްޓްރެސް ވުމުން ކަމަށްވެ އެވެ. އަދި ބޮޑެތި މީހުންނަށް ގަބޫލުނުކުރެވުނަސް މަރުވުމަކީ ހައްލެއް ކަމަށް އެއުމުރުގެ ކުދިން ގަބޫލުކުރާ ކަމަށެވެ. މި ދިރާސާއިން ދައްކާގޮތުގައި އުމުުރުން ފަސް އަހަރާއި 11 އަހަރާއި ދެމެދުގެ ކުދިން އަމިއްލަ އަށް މަރުވާ ރޭޓް އުޅެނީ 0.17 ޕަސަންޓުގަ އެވެ. އަދި ފުރާވަރު އުމުރުގެ ތެރެއިން އުމުރުން 12 އަހަރާއި 17 އަހައާއި ދެމެދުގެ ކުދިން އަމިއްލައަށް މަރުވާ ރޭޓް އުޅެނީ 5.18 ޕަސަންޓުގަ އެވެ.

ދެ ހާސް ތިން ވަނަ އަހަރުން ފެށިގެން 2012 ވަނަ އަހަރާއި ހަމައަށް، ކުރިއަށް ގެންދިޔަ މި ދިރާސާއިން ދައްކާގޮތުގައި އެންމެ ގިނަ ކުދިން އަމިއްލައަށް މަރުވެފައިވަނީ އުމުރުން ފަސް އަހަރާއި 14 އަހަރާއި ދެމެދުގަ އެވެ. އަދި އަމިއްލައަށް މަރުވާ ގިނަ ކުދިންނަކީ ފިރިހެން ކުދިންނެވެ. އަދި މަރުވި ކުދިންގެ ތެރެއިން ތިން ބައި ކޮށްފައި އެއްބައި ކުދިންނަކީ ނަފްސާނީ މައްސަލަތަކެއްގެ ތެރެއަށް ވެއްޓިފައިވާ ކުދިންނެވެ. އޭގެތެރެއިން ގިނަ ކުދިންނަކީ ޑިޕްރެޝަން ޖެހިފައިވާ ކުދިންނެވެ.

ނަފްސާނީ އިލްމުވެރިން ވިދާޅުވަނީ ކުއްޖާ އަމިއްލައަށް މަރުވުމުގެ ކުރިން އެތައް އަލާމާތްތަކެއް ކުދިންގެ ކިބައިން ފެންނާނެ ކަމަށެވެ. އަދި އެކަންތައްތަކަކީ ބެލެނިވެރިން ވަރަށް ބޮޑަށް ސަމާލުކަންދޭންޖެހޭ ކަމެކެވެ. ގިނަ ކުދިން މަރުވާން މަސައްކަތްކުރަނީ ދަންޖެހިގެންނެވެ.