ލައިފްސްޓައިލް

80 ޕަސެންޓް އަންހެނުން ކޮންމެ ދުވަހަކު ފެނެއް ނުވަރާ!

Feb 26, 2015
2

އިނގިރޭސި ވިލާތުގެ އަންހެނުންގެ ތެރެއިން 80 ޕަސެންޓް މީހުންނަކީ ކޮންމެ ދުވަހަކު އެއް ފަހަރު ފެން ނުވަރާ މީހުން ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.

ސްކިން ކެއާގެ ތަކެތި އުފައްދާ ފްލިންޓް+ފްލިންޓް އިން އުމުރުން 18 އަހަރާއި 50 އަހަރާ ދެމެދުގެ 2021 އަންހެނަކާ އިންޓަވިއުކޮށްގެން އެއްކުރި މައުލޫމާތުން އެނގުނު ގޮތުގައި ކޮންމެ ތިން މީހުންގެ ތެރެއިން އެކަކީ ތިން ދުުވަސް ވަންދެން މޫނު އަދި ގައި ވެސް ނުދޮންނަ މީހުންނެވެ.

ކޮންމެ ދުވަހަކު އެއް ފަހަރު ފެން ނުވަރާ މީހުންގެ ތެރެއިން ގިނަ މީހުން ބުނެފައި ވަނީ ފެން ނުވަރަނީ މަސައްކަތުގެ ސަބަބުން މާބޮޑަށް ވަރުބަލިވެފައި ހުންނާތީ އާއި ވަގުތު ނުވާތީ ކަމަށެވެ. އަދި މީގެ ތެރެއިން ގިނަ މީހުންނަކީ ނިދުމުގެ ކުރިން ގައި ދޮވެލާ މީހުންނެވެ. އެއްކުރި މައުލޫމާތުން އެނގުނު ގޮތުގައި 60 ޕަސެންޓް މީހުންނަކީ ނިދުމުގެ ކުރިން މޭކަޕް ވެސް ނުފިލުވާ މީހުންނެވެ. އަދި މީގެ ތެރޭގައި، ރޭގަނޑު ފުދޭވަރަށް ނިދި ނުލިބޭ ކަމަށް ބުނެފައިވާ މީހުންނެވެ.

ފެން ނުވަރާ ދެތިން ދުވަހު ތިބޭ މީހުންގެ ތެރެއިން ހުރިހާ އެންމެން ވެސް ބުނެފައި ވަނީ އަމިއްލަ ސާފުތާހިރު ކަމުގެ މުހިންމުކަން އެނގޭ ކަމަށެވެ.

މިއީ އިނގިރޭސި ވިލާތުގެ ވާހަކަ އެވެ. އަހަރެމެންގެ ތެރޭގައި މިކަން އޮތީ ކިހިނެއް ބާވަ އެވެ؟