އޮފްބީޓް

މި ރަށުގައި އުޅެނީ 15 މީހުން، ދެން ހުސް ބުޅާ!

ޕެޓެއްގެ ގޮތުގައި ޖަނަވާރު ގެންގުޅޭ މީހުން އަހަރަމެންތެރޭ މަދެއްނޫނެވެ. މީގެތެރެއިންވެސް ގިނަ ވާނީ ބުޅާ ގެންގުޅޭ މީހުންނެވެ. މިފަހަރު މިއޮތީ ބުޅަލަށް ލޯބިކުރާ ފަރާތްތަކުގެ ހިތްތަށް ކަތިލާނެ ވަރުގެ ރަށެއްގެ ވާހަކައެވެ.

ޖަޕާނުގެ ދެކުނުގެ ސަރަހައްދެއް ކަމުގައިވާ އޮޒޫ ޑިސްޓްރިކްޓްގެ ބައެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ އައޮޝިމާ ރަށަކީ 1.6 ކިލޯމީޓަރު ބޮޑު އަވަށެކެވެ. ރަށު ތެރޭގައި ބުޅާ ގިނަކަމުން މިރަށަށް ދެވިފައިވާ ނަމަކީ ބުޅަލުގެ ސަހަރެވެ. ނުވަތަ "ކެޓް އައިލެންޑް"އެވެ. މިރަށުގެ ބުޅަލުގެ އާބާދީ އާއި ރައްޔިތުންގެ އާބާދީ އަޅާ ކިޔާ ނަމަ ރޭޝިއޯ އަކީ 6:1 އެވެ. އެހެން ކަމުން މިރަށުގައި ދިރިއުޅޭ ރައްޔިތުންނަށް ވުރެ ގިނައީ ބުޅަލެވެ.

ރަށަށް އަންނަ މެހެމާނުންނަށް ވެސް އެންމެ ފުރަތަމަ މަރްހަބާ ކިޔާ ފަރާތްތަކަކީ މިބުޅާތަކެވެ. މިރަށުގެ ހުރިހާ ސަރަހަށްދެއްގައިވެސް ބުޅާއުޅޭކަމަށް ވެއެވެ. ބަލާލި ކޮންމެ ދިމާއަކުންވެސް ފެންނާނީ ބުޅެލެވެ. ތަފާތު ކުލަކުލައިގެ ނަލަ ބުޅާތަކުން މިރަށް އޮށްނަނީ އަމާންވެފައެވެ. މިރަށުގައި އުޅޭ ބުޅާތަކީ އިންސާނުންނަށް ހަމަލާދޭ ވައްތަރުގެ ބުޅާތަކެއް ނޫނެވެ. މިބުޅާތަކުގެ ނާސްތާއަކަށް ވެފައިވަނީ މިރަށަށް އަންނަ ޓުއަރިސްޓުން ގެންނަ ރައިސްބޯލްސް އާއި ޓުއަރިސްޓުން ކާލުމަށް ފަހު އެއްލާލާ ކާއެއްޗެއްސެވެ. މިތަކެތީގެ އިތުރުން މިރަށުގައި އުޅޭ ރައްޔިތުން ބަރާބަރަށް މި ބުޅާތަކަށް ކެޓް ފުޑް ދީ ބުޅާތަށް ވަރަށް ލޮތްބާއެކު ގެންގުޅެއެވެ.

މިރަށުގައި އުޅޭ ފަރާތްތަކުން ބުނާގޮތުގައި މިރަށަށް ބުޅާ ގެނައީ މިރަށުގެ ބަދަރުގައި އޮންނަ އޮޑިފަހަރު ތަކުގައި މިދާ އުޅޭތީއެވެ. މިކަމަށް ބުޅާތަށް މިރަށަށް ގެނައިއިރު މިރަށުގައި ބުޅާ ވަރަށް ނޫޅޭ ކަމަށް ވެއެވެ. މީދާތަށް މަދުކުރުމަށް ބުޅާ މިރަށް ގެނައިއިރު ގެނައީ ވަރަށް މަދު ބުޅަލެއް ކަމަށް ވެއެވެ. މިރަށުގައި ބުޅަލުގެ ލަޝްކަރެއް އުފެދުނީ އޭރުގެނައި މަދު ބުޅަލެއްގެ ސަބަބުން ކަމަށް އެރަށުގެ ރައްޔިތުން ބުނެއެވެ.

ޖަޕާނުގެ ޖުމުލަ 11 ރަށެއްގައި އާދަޔާހިލާފަށް ބުޅާ އުޅޭކަމަށް ވެސް ވެއެވެ. އެހެނަސް އެންމެ ގިނައިން ބުޅާ އުޅެނީ މިރަށުގައެވެ. މިރަށުގައި 1945 ވަަނަ އަހަރު 900 އެއްހާ މީހުން އާބާދުވެފައިވާ ކަމަށް ބުނެއެވެ. ނަމަވެސް މިހާރު މިރަށުގެ ޖުމްލަ އާބަދީއަކީ 15 މީހުންނެވެ. ޖަޕާންގެ އެހިންމްގެ ބަދަރުން ފުރައިގެން 30 މިނިޓްގެ ފެރީއެއްގައި މިރަށްށް ދެވެއެވެ. ޓުއަރިސްޓުން އުފުލުމަށް މިރަށުގައި 1 ފެރީ ގެންގުޅެއެވެ. ދުވާލެއްގެ މައްޗަށް ޖުމުލަ 34 މީހުން ގެނެސްދެވޭ މިފެރީ އޮންނަނީ ދުވާލަކު ދެފަހަރުއެވެ.

ދިވެހިންގެ ތެރޭގައިވެސް ބުޅަލަށް ލޯބިކުރާ ވަރަށް ގިނަ ބަޔަކު އުޅެއެވެ. އެހެންކަމުން މި ރަށް ވެގެންދާނީ މި ފަރާތްތަކުގެ ގޯލްސް ލިސްޓުގެ އެއްވަނައިގައި ކިޔާލެވޭނެ ތަނަކަށެވެ.