ހޮލީވުޑް

ބޮކްސް އޮފީހުގައި "މެގްނިފިސެންޓް ސެވަން" ވަރެއް ނެތް

Sep 27, 2016

މިއީ "ޓްރެއިނިން ޑޭ" އިން އޮސްކާ އެވޯޑް ހާސިލުކޮށްފައިވާ މަޝްހޫރު ޑައިރެކްޓަރު އެންޓޯން ފޫކްއާގެ އާ ފިލްމެވެ. ފޯރިގަދަ އެކްޝަން ފިލްމުތަކަށް މަޝްހޫރު ޑައިރެކްޓަރު މިފަހަރު އެނބުރި އައީ އޭނާގެ ފެވަރިޓް އެކްޓަރު، ޑެންޒިލް ވޮޝިންޓަނާ ވެސް އެކުގަ އެވެ.

ވޮޝިންޓަން އާއި ކްރިސް ޕްރެޓް އަދި އީތަން ހޯކް އާއި މަޝްހޫރު އެހެން ގިނަ ތަރިންތަކެއް މުހިންމު ރޯލުތަކުން ފެނިގެންދާ "މެގްނިފިސެންޓް ސެވަން" މިދިޔަ ހުކުރު ދުވަހު އުތުރު އެމެރިކާގައި ޕްރިމިއާކޮށްފައިވާއިރު ބޮކްސް އޮފީހުގައި މި ނޫން ފޯރިއެއް މިހާރަކު ނެތެވެ.

ހަފުތާ ބަންދުގައި މި ފިލްމަށް ވަނީ 35 މިލިއަން ޑޮލަރު ލިބިފަ އެވެ.

ފޫކްއާގެ މި ފިލްމަކީ 1960 ވަނަ އަހަރު ހޮލީވުޑުން ހަމަ މި ނަމުގައި ނެރުނު ވެސްޓާން ފިލްމެއްގެ ރީމޭކެކެވެ. ޖޯން ސްޓާޖެސް ޑައިރެކްޓްކުރި އެ ފިލްމަކީ އޯލްޑް ވެސްޓް ސްޓައިލަށް، ޖަޕާނުގެ ކުރީގެ ލެޖެންޑަރީ ޑައިރެކްޓަރު، އަކީރާ ކުރޯސާވާ ޑައިރެކްޓްކޮށްފައިވާ ފިލްމެއްގެ ރީމޭކެކެވެ.

މި ފިލްމުގައި ދައްކުވައި ދެނީ 1879 ވަނަ އަހަރު، އެމެރިކާގެ މައިނިން ޓައުންއެއްގައި ބާރުގަދަކޮށްގެން އުޅޭ ކޮރަޕްޓް، އިންޑަސްޓްރިއަލިއްޓަކާ ދެކޮޅަށް އެ ސަހަރުގެ މީހުން ނުކުމެ ހިންގާ ހަމަނުޖެހުންތަކެއްގެ ސަބަބުން ހިނގާ ވަރުގަދަ ކުރިމަތިލުންތަކެކެވެ.