ސަރުކާރު އޮތީ ޖޭޕީ-އެމްޑީޕީގެ ޣައިރު ގާނޫނީ ހަރަކާތްތަކާ ކުރިމަތިލައި މި ގައުމު ސަލާމަތުގެ އައްސޭރިއަކަށް ގެންދިޔުމަށް ކަމަށް ޓުއަރިޒަމް މިނިސްޓަރު އަހުމަދު އަދީބު ވިދާޅުވެއްޖެ އެވެ.
މިއަދު އެމްޑީޕީ-ޖޭޕީ އިން ބާއްވާ އެއްވުން ފެށެން ކުޑައިރުކޮޅަކަށް ވެފައި ވަނިކޮށް އަދީބު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ, ކަމެއް ކުރަން ކެރޭ ނަމަ ވާހަކަ ނުދައްކައި އެކަމެއް ކުރުމަށް ކެރިގެން ނުކުތުމަށް ޖޭޕީ-އެމްޑީޕީއަށް ގޮވާލާ ކަމަށެވެ. އަދި އެ މީހުންގެ ޣައިރު ގާނޫނީ ހަރަކާތްތަކާ ދެކޮޅަށް ނުކުމެ ގައުމު ސަލާމަތް ކުރުމަށް ތައްޔާރަށް ހުންނެވި ކަމަށް އަދީބު ވަނީ ވިދާޅުވެފަ އެވެ.