ލައިފްސްޓައިލް

ޕެން-ޕައިނެޕަލް-އެޕަލް-ޕެން: މި ލަވަ ނުބަލާ، އަޑުނާހާ، ކަމުނުދާ މީހަކު ނެތް!

Sep 27, 2016
2

އިއްޔެ ސޯޝަލް މީޑިއާ އަށް އިރުއެރިއިރު، އަދި މިހާރު ވެސް ސޯޝަލް މީޑިއާގައި ވައިރަހެއްހެން ފެތުރެމުންދާ ލަވައަކީ މިއީ އެވެ. އިވޭ އިވުމަށް، މިއީ އެއްވެސް ތާކުންތާކުޖެހޭ ލަވައެއް ނޫނެވެ. އެކަމަކު ކަންފަތަށް ނިކަން އަރާމު ނުވަތަ ފަސޭހަ ލަވައަކަށް ބަދަލުވެ ޕީޕީއޭޕީ ނުވަތަ ޕެން-ޕައިނެޕަލް-އެޕަލް-ޕެން މި ވަނީ އެންމެންގެ ހިތް ފަތަހަކޮށްފަ އެވެ.

އެއަށް ފަހު "ޖަރާސީމެއް ފަދައިން" ސޯޝަލް މީޑިއާ އާއި އެހުންތެރިންގެ ހިތްތައް ކަމުން ހިފެހެއްޓުމެއް ނެތި ކުރިއަށް ދަނީ އެވެ.

މި އާދަޔާހިލާފު ލަވައަކީ ޑީޖޭ ޕީކޯ-ޓާރޯގެ ނަމުގައި މުނިފޫހިފިލުވައިދޭ ޖަޕާނުގެ އާޓިސްޓެއް ކަމުގައިވާ ކަޒުހީކޯ ކޮސާކާގެ އުފެއްދުމެކެވެ. އޭނާގެ މި ލަވައެއްގައި ކިޔަނީ މިހެންނެވެ.

"އައި ހޭވް އަ ޕެން. އައި ހޭވް އޭން އެޕަލް. އެޕަލް-ޕެން"
"އައި ހޭވް އަ ޕެން. އައި ހޭވް އަ ޕައިނެޕަލް. ޕައިނެޕަލް-ޕެން"
"އެޕަލް ޕެން. ޕައިނެޕަލް ޕެން. ޕެން-ޕައިނެޕަލް-އެޕަލް-ޕެން"

މިހެންނެވެ.

މި ކުރު، އެކަމަކު ކަންފަތަށް ހިތްގައިމު ލަވައާ އެކު، 40 އަހަރުގެ ޑީޖޭ ވަނީ ދުނިޔެ އަށް މަޝްހުރު ސެލެބްރިޓީއަކަށް ބަދަލުވެފަ އެވެ.

ހުރިހާ ވެސް ޝުކުރެއް އޭގެ ދެވިހިފާ މިއުޒިކް ބީޓަށެވެ. މާނައެއް ނެތް ލަވައިގެ ލިރިކްސްއަށެވެ. އަދި މާބޮޑު އުނދަގުލަކާ ނުލައި ކޮންމެ މީހަކަށް ވެސް ދަސްކޮށްލެވޭހާ ފަސޭހަ ޑާންސް މޫވްތަކަށެވެ.

އެއް މިނެޓްގެ މި ލަވަ އެންމެ ފުރަތަމަ އަޕްލޯޑްކޮށްފައި ވަނީ ޑީޖޭގެ ރަސްމީ ޔޫޓިއުޑް ޕޭޖަށެވެ. މި އޮރިޖިނަލް ވީޑިއޯ އަށް މިހާތަނަށް ހަތަރު މިލިއަން ވިއުސް ލިބިފައިވާއިރު ފޭސްބުކްގައި ދައުރުވަމުން އަންނަ މި ވީޑިއޯ އަށް ވަނީ މިހާތަނަށް 44 މިލިއަން ވިއުސް ލިބިފަ އެވެ.

މި ލަވައެއްގެ މަގްބޫލުކަން ބޮޑުވެގެންގޮސްފައިވާއިރު އެއް ބަޔަކު މި ޑީޖޭއެއް ސިފަކުރަނީ ދެކުނު ކޮރެއާގެ ރެޕް އާޓިސްޓް ސައިގެ ގޮތުގަ އެވެ.