ލައިފްސްޓައިލް

މައުންޓް އެވަރެސްޓް ބޭސް ކޭމްޕުގައި ދިވެހި ދިދަ ވިހުރުވާލައިފި

Oct 3, 2016
2
  • ބޭސް ކޭމްއަކީ ލޮނުގަނޑުން 5،000 މީޓަރު އުސް
  • ފިނިމިން ހުންނަނީ އެވްރެޖުކޮށް ފަސް ޑިގުރީގައި
  • އާއްމުކޮށް މީހުން އަރަނީ ބޭސް ކޭމްޕާ ހަމަށް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޗެއާމަން ފަރީހާ ޝަރީފް އާއި އިތުރު ތިން ދިވެހިން ދުނިޔޭގެ އެންމެ އުސް ފަރުބަދަ އަށް އަރަން ކުރާ މަސައްކަތުގައި މައުންޓް އެވަރެސްޓްގެ ބޭސް ކޭމްޕުގައި އިއްޔެ ދިވެހި ދިދަ ވިހުރުވާލައިފި އެވެ.

ގައުމީ އެއާލައިން މޯލްޑިވިއަން އިން ސްޕޮންސަކޮށްގެން ކުރިއަށް ގެންދާ މި ހަރަކާތުގައި ބައިވެރިވާ ތިން ދިވެހިންނަކީ ބީއެމްއެލް ޗެއާޕާސަން ފަރީހާ ޝަރީފް އާއި ޔޫއެންޑީޕީގެ ވަޒީފާއެއްގައި މަސައްކަތްކުރާ އަބްދުﷲ ވަހީދުގެ އިތުރުން އެފްޖޭއެސްގެ ސީއީއޯ ހާމިދު ސޯދިގުގެވެ.

ތިން ބައިވެރިން ގޮސްފައިވަނީ މައުންޓް އެވަރެސްޓަށް އަރާ އާއްމު މީހުން ދާ ބޭސް ކޭމްޕަކަށެވެ. މި އަށްވުރެ މައްޗަށް ދަތުރުކުރަނީ ވަރަށް ގަދަ އަށް ފަރުބަދަ އަށް އަރާ އުޅޭ މީހުންނެވެ. މިއީ ވަރަށް ބުރަ އަދި ނުރައްކާތެރި ދަތުރެކެވެ.

އެވަރެސްޓް ދަތުރުގައި ބައިވެރިވާ ހާމިދު ކުރިން "އަވަސް" އަށް ދިން އިންޓަވިއުއެއްގައި ހާމިދު ވިދާޅުވީ މިއީ ވަރަށް ތަފާތު ތަޖުރިބާއެއްގެ ގޮތުގަ އެވެ.

"ވަރަށް މަސައްކަތް މިއީ. މިއީ ވަރަށް އުސް. އެހެންވެ ވަރަށް މަޑު މަޑުން ހިނގުން މިދަނީ،" ގައުމީ އެއާލައިން މޯލްޑިވިއަން އިން ސްޕޮންސާކޮށްގެން އެވަރެސްޓަށް ކުރާ ދަތުރުގައި ބައިވެރިވަމުންދާ އެފްޖޭއެސްގެ ސީއީއޯ ހާމިދު ސޯދިގު "އަވަސް" އަށް ވިދާޅުވި އެވެ.

މި ދަތުރުގައި ތިން ދިވެހިން ދަތުރު ފަށާފައިވަނީ މިދިޔަ މަހުގެ 24 ވަނަ ދުވަހުގެ އެވެ. މި ދަތުރު މި މަހުގެ 16 ނިޔަލަށެވެ. ތިން ބައިވެރިން ދަތުރުކުރި ބޭސް ކޭމްއަކީ ކަނޑުގެ ލޮނުގަނޑުން ފެށިގެން 5،364 މީޓަރު، ގާތްގަނޑަކަށް 17،598 ފޫޓް އުސް މިނުގައި ރާސްތާ އެވެ. މިތަނުގެ ފިނި މިން ހުރީ ފަސް ޑިގުރީ އަށް ވުރެ ދަށުގަ އެވެ. މައުންޓް އެވަރެސްޓުގެ އުސް މިނުގައި ހުންނަނީ 8،848 މީޓަރު (ގާތްގަނޑަކަށް 29،029 ފޫޓެވެ)