ހަބަރު

މިރޭ މީހަކަށް ހަމަލާދީ ޒަހަމްކޮށްލައިފި

Feb 28, 2015

ގްރޫޕް މާރާމާރީއެއްގައި މިރޭ މީހަކަށް ހަމަލާދީ ޒަހަމްކޮށްލައިފި އެވެ.

ފުލުހުން ބުނީ މިރޭ 7:00 ޖަހާއެހާކަންހާއިރު ޖަމާލުއްދީން ސުކޫލް ކައިރީ ހިންގި މާރާމާރީގައި ޒުވާނަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމް ކޮށްލާފައިވާ ކަމަށާއި އޭނާއަށް ލިބުނު ޒަހަމް ސީރިއަސް ނޫން ކަމަށާއި އޭނާއަށް އައިޖީއެމްގައި ފަރުވާ ދީފައިވާ ކަމަށެވެ.

ޒަހަމްވި މީހާ މިހާރު ވަނީ ދޫކޮށްލާފައެވެ.