ސިޔާސީ ޕާޓީތަކުގެ މަޝްވަރާތައް

މަޝްވަރާގައި ބައިވެރިވާ ބޭފުޅުން ކައުންސިލުން ފާސްކުރަން އަންގައިފި

Oct 4, 2016

ސިޔާސީ ޕާޓީތަކާއެކު ބާއްވާ މަޝްވަރާތަކުގައި ޕާޓީތަކުން ބައިވެރިވާ ބޭފުޅުން އެ ޕާޓީއެއްގެ ކައުންސިލުން ފާސްކުރުމަށްފަހު ހުށަހަޅަން ރައީސް އޮފީހުން ޕާޓީތަކަށް އަންގައިފިއެވެ.

ރައީސް އޮފީހުން ޕާޓީތަކަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ ރައީސުލްޖުމްހޫރިއްޔާ އިސްނަންގަވައި ރައްޔިތުންގެ ހެވާއި ލާބަޔަށާއި ގައުމުގެ ހަމަޖެހުމަށް މަސައްކަތް ކުރުމަށް ސިޔާސީ ޕާޓީތަކުގެ މެދުގައި ފަށާފައިވާ ސިޔާސީ ޕާޓީތަކުގެ މަޝްވަރާތައް ކުރިޔަށް ގެންދިޔުމަށް އެ ޕާޓީއަކުން މަޝްވަރާތަކުގައި ބައިވެރިވާނޭ ބޭފުޅުންގެ ނަންތައް ޕާޓީގެ ކައުންސިލުން ނިންމައި ރައީސް އޮފީހަށް ފޮނުވަން އެދޭ ކަމަށެވެ.

މި ސިޓީ ޕާޓީތަކަށް ފޮނުވާފައިވާއިރު ސަރުކާރު ނިސްބަތްވާ ޕިޕީއެމްގެ ފަރާތުން މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަންނަވާނީ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނާއި މެމްބަރު މުހައްމަދު ވަހީދު އިބްރާހީމް ކަމަށް އެ ޕާޓީން ވަނީ ކަނޑައަޅާފައެވެ. ޖޭޕީން ބައިވެރިވެވަޑައިގަންނަވާނީ މަޖިލިސް މެމްބަރު އަބްދުﷲ ރިޔާޒާއި މަޖިލިސް މެމްބަރު އަލީ ހުސައިނެވެ. އެމްޑީޕީ އާއި އަދާލަތު ޕާޓީން މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަންނަވާނެ ބޭފުޅުން ހާމަކޮށްފައެއް ނުވެއެވެ.