ހަބަރު

ރައީސް ޔާމީން ސައުދީ ފޮރިން މިނިސްޓަރާ ބައްދަލު ކުރައްވައިފި

ސައުދީ އަބަރިއްޔާގެ ފޮރިން މިނިސްޓަރު ޢާދިލް އާލް-ޖުބެއިރްއާ ރޭ ރައީސް އަބްދުﷲ ޔާމިންއާ ބައްދަލު ކުރައްވައިފި އެވެ. މި ބައްދަލުވުން ކުރިޔަށް ދިޔައީ ރިޔާޒްގެ ކިންގް ސަޢުދު ގެސްޓް ޕެލެސްގައެވެ.

ރައީސް އޮފީހުން ބުނީ ރައީސް ޔާމިންއަށް ސައުދީގެ ފޮރިން މިނިސްޓަރު ކުރެއްވި ޒިޔާރާތުގައި ރާއްޖެއާއި ސައުދީ އަރަބިއްޔާއާ ދެމެދުގައިވާ ގުޅުންއިތުރަށް ބަދަހިކުރުމަށާއި ބައިނަލްއަގްވާމީ މުހިންމު އެކިއެކި މައްސަލަތަކާ ބެހޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާ ކުރެއްވި ކަމަށެވެ.

އެގޮތުން ދުނިޔެއަށް މިހާރު ކުރިމަތިވެފައިވާ ޓެރަރިޒަމްގެ ނުރައްކާ ނައްތައިލުމުގައި ރާއްޖެއާއި ސައޫދީ އަރަބިއްޔާއާ ދެ ގައުމުން ސާބިތުކަމާއެކު މަސައްކަތް ކުރުމަށާއި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދުނިޔެއަށް ކުރިމަތިވަމުންދާ އެކިއެކި މައްސަލަތައް ހައްލުކުރުމުގައި ރާއްޖެއާއި ސައުދީ އިން އެއްބާރުލުން ދީގެން މަސައްކަތް ކުރަން މަޝްވަރާ ކުރެއްވި އެވެ.